މާލެ، ދިވެހިރާއްޖެ – ބަރަކާތްތެރި ރޯދަމަހަކީ ތަފާތު މީރު ކާތަކެތި ތައްޔާރުކުރުމަށް ދިވެހިން ޚާއްޞަ ސަމާލުކަމެއްދޭ މަހެކެވެ. އެގޮތުން ހާރުދަމަށާއި ރޯދަވީއްލުމަށްވެސް ބޭނުންކުރެވޭނެ ފަދަ މީރު ރިސެޕީއެއްގެ ގޮތުގައި ”ކުޅިމަސް“ ތައްޔާރުކުރާނެ ގޮތް މިއަދުގެ ރޯދަ ބަދިގެއިން ހިއްސާކޮށްލާނަމެވެ.
ބޭނުންވާ ތަކެތި:
- 500 ގްރާމް ކަނޑުމަސް
- 1 ފިޔާ
- 15 ހިކަނދިފަތް
- 3/4 ޖޯޑު ހުނި
- 4 ލޮނުމެދު
- 1/2 އިންޗީގެ އިނގުރު ކޮޅެއް
- 2 ކާފޫރު ތޮޅި
- 1 ސައިސަމްސާ ލޮނު (ނޫނީ ރަހަ ލާވަރަށް)
- 1 ސައިސަމްސާ މުގުރި އަސޭމިރުސް
- 1 ސައިސަމްސާ މުގުރި ދިރި
- 1 ސައިސަމްސާ ތެޅި މިރުސް
- 2 މޭޒުމަތީ ސަމްސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
- އެންމެ ފުރަތަމަ މަސްތައް އާދައިގެ ވަރަކަށް ކުދިކޮށް ކޮށާލާށެވެ.
- ފިޔައާއި ލޮނުމެދާއި އިނގުރުކޮޅު ކޮންމެވެސް ވަރަކަށް ކޮށާލުމަށްފަހު މިކްސަރަށް އަޅާލާށެވެ.
- ދެން ހިކަނދިފަތާއި ދިރިކޮޅާއި އަސޭމިރުހާއި ތެޅިމިރުހާއި ކާފޫރުތޮޅީގެ އޮށްކޮޅާއި، ލޮނާއި ހުނިކޮޅުވެސް މިކްސަރަށް އަޅާލައި މިތަކެތިން އޮމާން ޕޭސްޓްގަނޑެއް ހަދާލާށެވެ. ޕޭސްޓްގަނޑު މާހިކިހެން ހީވާނަމަ ކުޑަ ފެންކޮޅެއް އަޅާލެވިދާނެއެވެ.
- ތައްޔާރުކުރި ޕޭސްޓްގަނޑު ކޮށާފައި ހުރި މަސްގަނޑާއި އެކުގައި ރަނގަޅަށް މޮޑެލާށެވެ.
- ތެއްޔަކަށް ތެޔޮކޮޅު އެޅުމަށްފަހު، ރަނގަޅަށް ހޫނުވުމުން ޕޭސްޓްގަނޑު ހާކާފައިވާ މަސްގަނޑު އޭގެތެރެއަށް އަޅާލާށެވެ.
- މަސްގަނޑު ރަނގަޅަށް ހަލާލުމަށްފަހު، ތެލީގެ މަތިޖަހައިގެން މަޑު ގިނީގައި 20 – 30 މިނެޓުވަންދެން ކައްކާލާށެވެ.
މިއީ ރޯދަ މަހުގެ ސުފުރާ ފަޅުފިލުވާލުމަށް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ މީރު ކުޅިމަސް ރިސެޕީއެކެވެ. މި ކުޅިމަސް ރޮށްޓާއެކު ނުވަތަ ބަތާއެކުވެސް ބޭނުންކުރެވިދާނެއެވެ.

