DHIDAILY ENGLISH
ހޮނިހިރު, އޮކްޓޯބަރ 17, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
އޮކްޓޯބަރ 17, 2026
0
ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް
0
SHARES
0
VIEWS
Share on FacebookShare on Twitter

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖައްސައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުންނާއި ކޯޓުގެ ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އަނިޔާވި ފުލުސް އޮފިސަރަކީ ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރު ކުރުމަށްޓަކައި އެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓް (ވީސީޕީ) ގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ. ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު ވަނީ ވީސީޕީގެ ބެރިކޭޑުގައި ޖެހި، އެތަނުގައި ހުރި ފުލުސް މީހާގެ ގައިގައި ޖެހިފައެވެ. މި ހާދިސާގައި ފުލުސް މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުސް މީހާ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެ މީހުންނާއި، އެކަމާ ގުޅުން އޮތް އިތުރު ދެ މީހުންނެވެ.

ހައްޔަރުކުރި މީހުންގެ ތަފްޞީލް:

  1. އަޙުމަދު މާއިޝް މުޙައްމަދު މާހިރު (21 އަހަރު) – ފެނީވާ / ސ. ހިތަދޫ
  2. އަނޫފް ބިން މުޙައްމަދު (21 އަހަރު) – ހ. ފިލްމީސައިޓް / ކ. މާލެ
  3. ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20 އަހަރު) – އުއްދަނޑިމާގެ / ހދ. ކުޅުދުއްފުށި
  4. އަޙްމަދު ސިނާޒް (30 އަހަރު) – މަލަ / ކ. ގާފަރު

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓުން މި މައްސަލައިގައި ކުރު މުއްދަތެއް ދީފައިވަނީ، ހައްޔަރުކުރި މީހުންގެ ފަރާތުން ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް ފުރުޞަތަކަށް އެދިފައިވާތީ ކަމަށް ކޯޓުން ބަޔާންކޮށްފައިވެއެވެ.

ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުލުހުންގެ ބަޔާނާއި، ސީސީޓީވީ ފޫޓޭޖް އަދި އަނިޔާވި ފުލުސް މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯ ރިޕޯޓަށް ބަލާއިރު، އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ. މީގެއިތުރުން، އެމީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން މި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައަކީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުރާނައަށް ނުރައްކާވާ ފަދަ ޢަމަލެއް ހިންގާފައިވާ މައްސަލައަކަށް ވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.

Tags: ޕޮލިސް

Related Posts

ނަމާދަށް ހުރި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށްފި

ނަމާދަށް ހުރި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށްފި

ސެޕްޓެމްބަރ 29, 2026
ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށް ބިރުދެއްކުން އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ފުލުހުންނާ މާރާމާރީ ހިންގި އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

ސެޕްޓެމްބަރ 28, 2026
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސެޕްޓެމްބަރ 24, 2026
ސްކޭމް މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފި

ސްކޭމް މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފި

ސެޕްޓެމްބަރ 10, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • ފްލައިދުބާއީ ހާދިސާއާ ގުޅިގެން 2 ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily