DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ޕާކިސްތާނުގެ ފެންބޮޑުވުން: އެއް ހަފްތާއިން 400 މީހުން މަރު، ހާލަތު އިތުރަށް ގޯސްވަނީ

މުހައްމަދު އާސިފް by މުހައްމަދު އާސިފް
އޯގަސްޓް 21, 2025
0
ޕާކިސްތާނުގެ ފެންބޮޑުވުން: އެއް ހަފްތާއިން 400 މީހުން މަރު، ހާލަތު އިތުރަށް ގޯސްވަނީ
0
SHARES
12
VIEWS
Share on FacebookShare on Twitter

ޕާކިސްތާނުގައި ބޯކޮށް ވެހެމުންދާ މޫސުމީ ވާރެއާއި ކުއްލި ފެންބޮޑުވުމުގެ ސަބަބުން، އެންމެ ފަހުން ރިޕޯޓުކުރެވުނު ގޮތުގައި އެކި ސަރަހައްދުތަކުން މަދުވެގެން 21 މީހުން މަރުވެފައިވެއެވެ. މި ހާދިސާތަކާއެކު، ފާއިތުވި ހަފްތާގެ ތެރޭގައި މުޅި ޤައުމުގައި މަރުވި މީހުންގެ އަދަދު 400 އަށްވުރެ އިތުރުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެއެވެ.

އެންމެ ފަހުން މަރުވި މީހުންގެ ތެރޭގައި އުތުރުގެ ގިލްގިޓް-ބަލްޓިސްތާނުން 11 މީހުންނާއި، ޤައުމުގެ މާލީ މަރުކަޒު ކަމަށްވާ ކަރާޗީން 10 މީހުން ހިމެނެއެވެ. ކަރާޗީގައި މަރުވި މީހުން މަރުވެފައިވަނީ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ކަރަންޓު ޖެހިގެންނާއި ގެތައް ވެއްޓިގެން ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

20 މިލިއަނަށްވުރެ ގިނަ އާބާދީއެއް އޮންނަ ބޮޑު ސިޓީއެއް ކަމަށްވާ ކަރާޗީއަށް މި ފެންބޮޑުވުމުގެ ސަބަބުން ވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ. އެ ސިޓީގައި ސްކޫލުތައް ބަންދުކޮށްފައިވާއިރު، ގިނަ ހިސާބުތަކެއް ވަނީ ފެނުން ފުރިފައެވެ. މޫސުމާބެހޭ މާހިރުން އިންޒާރުދީފައިވާ ގޮތުގައި ހޮނިހިރު ދުވަހާ ހަމައަށް އިތުރަށް ވާރޭވެހުމުގެ ފުރުސަތު އޮތުމާއެކު، އިތުރު މަރުތަކާއި ގެއްލުންތަކަށް ބިރުހީވެއެވެ. ސިންދުގެ އިސް މޫސުމާބެހޭ މާހިރު، އަމީރު ހައިދަރު ލަޣާރީ ވިދާޅުވި ގޮތުގައި ސިޓީތަކުގައި ފެންބޮޑުވުން އިތުރުވެފައިވަނީ ދަށް ފެންވަރުގެ އުމްރާނީ ވަސީލަތްތަކުގެ ސަބަބުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބޭނުންކުރެވޭތާ ގިނަ ދުވަސްވެފައިވާ ފެން ހިންދާ ނިޒާމުތަކާއި ހޮޅިތަކަށް މި ބޯ ވާރޭއާ ކުރިމަތިލާން ނޭނގުނެވެ. އެކި ސަރަޙައްދުތަކުގައި 40 އާއި 50 އާ ދެމެދުގެ އަދަދެއްގެ ގެތަކަށް ގެއްލުން ލިބުނު ކަމަށް ރިޕޯޓުކުރެވިފައިވާއިރު، ކަރަންޓު ކެނޑި، ފޯނު ގުޅުންތައް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

މި ހާލަތު އެންމެ ނުރައްކާތެރި ވަނީ އުތުރުގެ ޚައިބަރު ޕަޚްތުންޚްވާ ސޫބާގައެވެ. އެ ސޫބާގައި ފާއިތުވި ބުރާސްފަތި ދުވަހުން ފެށިގެން 350 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ކުއްލި ފެންބޮޑުވުމާއި ބިންގަނޑު ވެއްޓުމުގެ ސަބަބުން މުޅި ރަށްތަކެއް ފެންއަޑިވެ، ގިނަ އަދަދެއްގެ މީހުން ގެއްލި، ބޮޑު ސްކޭލެއްގައި ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. ސިފައިންގެ ޔުނިޓުތަކާއި ސޫބާގެ އިދާރާތަކުން ވަނީ ފެންހިންދާ ނިޒާމުތަކާއި ކޯރުތަކުގައި ހުރަސްވެފައިވާ ތަކެތި ނެގުމަށް އެކްސްކަވޭޓަރުތައް ބޭނުންކުރަން ފަށާފައެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަޙައްދުތަކުގައި ވަނީ އިމަރޖެންސީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ޕާކިސްތާނު އާމީގެ ކާނަލް އިރްފާން އަފްރީދީ ވިދާޅުވި ގޮތުގައި ގެދޮރު ގެއްލުނު މީހުންނަށް ޞިއްޙީ އެހީތެރިކަމާއި، ކާބޯތަކެއްޗާއި، ޓެންޓުތައް ފޯރުކޮށްދިނުމަށް ކޭމްޕުތައް ޤާއިމުކުރެވިފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ގިނަ އާއިލާތަކެއް ފިލަން މަޖުބޫރުވެ، ކުޑަކުދިން ރޭގަނޑު ނިދަން ބިރުގަންނަ މިންވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ބޫނަރު ޑިސްޓްރިކްޓުގައި ހުންނަ އިމަރޖެންސީ ކޭމްޕެއްގައި މަސައްކަތްކުރާ ޞިއްޙީ މަސައްކަތްތެރިއެއް ކަމަށްވާ އަންޖުމް އަންވަރު ވިދާޅުވެފައިވަނީ ”ފެންބޮޑުވުމުގެ ސަބަބުން އަހަރެމެންގެ މުޅި އާބާދީ ވަނީ ހަލާކުވެފައި“ ކަމަށެވެ. މި ޑިސްޓްރިކްޓުގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި 220 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އޮފިޝަލުން އިންޒާރުދީފައިވާ ގޮތުގައި ޖޫން މަހުން ސެޕްޓެމްބަރު މަހަށް ދެމިގެންދާ މޫސުމީ ވާރޭގެ މޫސުން މި އަހަރު ސެޕްޓެމްބަރު މެދާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި އިތުރު ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ. މި މޫސުން ފެށުނީއްސުރެ މުޅި ޕާކިސްތާނުގައި 750 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޕާކިސްތާނުގައި ފާއިތުވި އަހަރުތަކުގައި ވަނީ އިތުރަށް ގަދަފަދަ މޫސުމީ ހާދިސާތައް ދިމާވެފައެވެ. 2022 ވަނަ އަހަރު ދިމާވި ނުރައްކާތެރި މޫސުމީ ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ފެންއަޑިވެ، 1،700 އަށްވުރެ ގިނަ މީހުން މަރުވިއެވެ. މި ހާދިސާއިން ފެނިގެންދިޔައީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުގެ ނުރައްކާތެރިކަން އިތުރުވަމުންދާ މިންވަރެވެ.

Tags: ޕާކިސްތާން

Related Posts

No Content Available

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily