ފުވައްމުލައް ސިޓީ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލައް ސިޓީ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރީ އެ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސްގެންނެވެ.
ފުވައްމުލަކަށް ދަތުރުކުރަނީ ހަމައެކަނި މޯލްޑިވިއަންގެ ފުލައިޓުތައް އެކަންޏެވެ.
މޯލްޑިވިއަންއިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުގެ ސަބަބުން ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ދަތިތައް ކުރިމަތިވާނެ ފަސިންޖަރުންނަށް ގުޅައި، އެހީތެރިކަމާއި އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.
ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސްގެން ބަންދުކޮށްފައިވާއިރު، އެ އްސަލަ ހައްލުކޮށް އެއާޕޯޓު ބޭނުންކުރަން ފެށޭނެ އިރެއް އަދި ސާފެއް ނުވެއެވެ.


