ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާނުގެ މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ދަނީ ދުން އަރަމުންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 10:52 ހާއިރު އެވެ. އަދި ފަޔަމަނުން އެ ރިސޯޓަށް ދިއުމަށް މާލެއިން ފުރީ 11:05 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ނިއްވުމަށް މިހާރު ކުޑަރަށް ރިސޯޓުގެ ފަޔަ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.


