DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އީރާނުން އެމެރިކާގެ ދެ ޖެޓް ވައްޓާލައިފި؛ ފިލައިގެން އުޅުނު އެއް ޕައިލެޓް ސަލާމަތްކޮށްފި

މުހައްމަދު އާސިފް by މުހައްމަދު އާސިފް
އޭޕްރިލް 4, 2026
0
އީރާނުން އެމެރިކާގެ ދެ ޖެޓް ވައްޓާލައިފި؛ ފިލައިގެން އުޅުނު އެއް ޕައިލެޓް ސަލާމަތްކޮށްފި
0
SHARES
884
VIEWS
Share on FacebookShare on Twitter

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވަރުގަދަ ހަނގުރާމައިގެ ތެރެއިން، އީރާނުގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ ދެ ޖެޓެއް އީރާނުން ވައްޓާލައިފި އެވެ. މި ހާދިސާގައި ވައްޓާލި އެފް-15 މަރުކާގެ ޖެޓުން ސަލާމަތްވި ދެ ޕައިލެޓުންގެ ތެރެއިން އެކަކު، އެމެރިކާގެ ސްޕެޝަލް ފޯސަސްއިން ހިންގި ނުރައްކާތެރި އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން ބުނި ގޮތުގައި، އެ ގައުމުގެ އެޑްވާންސް އެއާ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން އެމެރިކާގެ އެފް-15 ޖެޓް ވައްޓާލާފައިވަނީ އީރާނުގެ މަރުކަޒީ ވައިގެ ސަރަހައްދުންނެވެ. މި ޖެޓް ވައްޓާލި ވަގުތު، ގަލްފު ސަރަހައްދަށް އެމެރިކާގެ އޭ-10 މަރުކާގެ އެހެން ބޯޓެއް ވެސް ވައްޓާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން މައުލޫމާތުދެ އެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެފް-15 ޖެޓުން ފުންމާލި ޕައިލެޓުންގެ ތެރެއިން އެކަކު ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަނުގައި އެމެރިކާގެ ރެސްކިއު ހެލިކޮޕްޓަރަކަށް އީރާނުން ހަމަލާދީ ގެއްލުންތަކެއް ދީފައިވެ އެވެ. ނަމަވެސް، އެ ހެލިކޮޕްޓަރު ވަނީ ޕައިލެޓާ އެކު ސަލާމަތުން އެނބުރި ގޮސްފަ އެވެ. ދެވަނަ ބޯޓުގެ ޕައިލެޓް ވެސް ސަލާމަތްކުރެވިފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން އީރާނުން ވަނީ، ފިލައިގެން އުޅޭ އެމެރިކާގެ ޕައިލެޓް ދިރިހުއްޓާ ހޯދައި އަތުލައިގަންނަ ކޮންމެ މީހަކަށް ”އަގުހުރި ބޮޑު އިނާމެއް“ ދޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިކަމާ މެދު އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާއިރު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވީ މި ހާދިސާގެ ފުރިހަމަ މައުލޫމާތު ރައީސަށް އަރުވާފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް އެންބީސީ އަށް ވިދާޅުވީ، ޖެޓް ވައްޓާލުމަކުން އީރާނާއެކު ކުރާ މަޝްވަރާތަކަށް އަސަރެއް ނުކުރާނެ ކަމަށެވެ. ”ނޫން، އެއްވެސް އަސަރެއް ނުކުރާނެ. މިއީ ހަނގުރާމައެއް،“ ޓްރަމްޕް ވިދާޅުވި އެވެ.

ފެބްރުއަރީ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާއަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މީގެ ކުރިން ވެސް އިރާގަށް ޓޭންކަރެއް ވެއްޓިފައިވާއިރު، އޮޅުމަކުން ދެވުނު ހަމަލާތަކެއްގައި އެމެރިކާގެ އިތުރު ތިން ޖެޓެއް ވެސް ވަނީ ގެއްލިފަ އެވެ.

މި ނުރައްކާތެރި ހާލަތާ ގުޅޭގޮތުން އެމެރިކާގެ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ހިއުސްޓަން ކާންޓްވެލް ވިދާޅުވީ، ބޯޓު ވެއްޓޭ ހާލަތްތަކުގައި ޕައިލެޓުންގެ އެންމެ އިސް އަމާޒަކީ ދުޝްމަނުންގެ އަތްދަށުނުވެ ފިލައިގެން އުޅުން ކަމަށެވެ. މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަހަތު ގެއްލި، ދުނިޔޭގެ އިގްތިސާދަށް ވެސް ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily