DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އެކްސިޑެންޓެއްގައި އާސެނަލްގެ ކުރީގެ ކީޕަރު އެލެކްސް މެނިންގާ މަރުވެއްޖެ

ޙަސަން ސަޢީދު by ޙަސަން ސަޢީދު
އޭޕްރިލް 17, 2026
0
އެކްސިޑެންޓެއްގައި އާސެނަލްގެ ކުރީގެ ކީޕަރު އެލެކްސް މެނިންގާ މަރުވެއްޖެ
0
SHARES
976
VIEWS
Share on FacebookShare on Twitter

އިނގިރޭސި ޕްރިމިއަރ ލީގުގެ މަޝްހޫރު ކްލަބު އާސެނަލްގެ ކުރީގެ ގޯލްކީޕަރު އެލެކްސް މެނިންގާ، އޮސްޓްރިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އޮސްޓްރިއާގެ ސޯލްޒްބާގްގައެވެ. އެ ސިޓީގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 11:20 އެހައިކަންހާއިރު، ސޯލްޒްބާގުގެ ލެވެލް ކްރޮސިންއެއްގައެވެ. ލެވެލް ކްރޮސިންއަކީ އާންމު އެއްގަމު އުޅަނދުތައް ދުއްވާ މަގާއި ރޭލު ދަތުރުކުރާ ޓްރެކް ގުޅޭ ގޮތަށް އޮންނަ ހުރަސްކުރާ ސަރަހައްދެކެވެ.

އާންމު އުސޫލުން ރޭލު އަންނަ ވަގުތުތަކުގައި އެހެން އުޅަނދުތަކަށް އެ ކްރޮސިން ބަންދުވާނެއެވެ. ނަމަވެސް، މެނިންގާ ދުއްވަމުންދިޔަ ކާރު ރޭލުގައި ޖެހި މި ހާދިސާ ހިނގަން މެދުވެރިވީ ކިހިނެއްކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްވި ވަގުތު ކާރުގައި އިނީ މެނިންގާ އެކަންޏެވެ. ހާދިސާ ހިނގި ސަރަހައްދަށް ދިޔަ އެހީތެރިން ”ޑެފިބްރިލޭޓަރ“ ބޭނުންކޮށްގެން އޭނާގެ ވިންދު އިއާދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ މަސައްކަތް ކާމިޔާބުވާ ގޮތެއް ވަނީ ނުވެފައެވެ.

މަރުވިއިރު އުމުރުން 48 އަހަރުގެ މެނިންގާއަކީ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ދުނިޔޭގެ ސަމާލުކަމަށް އައީ 1997 ވަނަ އަހަރު އާސެނަލްއާ ގުޅުނު ހިސާބުންނެވެ. އާސެނަލްގެ ޖާޒީގައި އޭނާ ފުރަތަމަ މެޗު ކުޅުނީ 1998 ވަނަ އަހަރުއެވެ. 1997 އިން 2002 އާ ދެމެދު އޭނާ ވަނީ އާސެނަލްއަށް 64 މެޗު ކުޅެދީ، އެ ޓީމާއެކު ޕްރިމިއަރ ލީގާއި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

އޮސްޓްރިއާގެ ގައުމީ ޓީމަށް 33 މެޗު ކުޅެދީފައިވާ މެނިންގާއަކީ 2008 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ވާދަކުރި އެ ގައުމުގެ ސްކޮޑުގައިވެސް ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އާސެނަލްގެ އިތުރުން އޭނާ ވަނީ ސްޕެއިންގެ އެސްޕަންޔޯލް، އިޓަލީގެ ޓޮރީނޯ، ފިއޮރެންޓީނާ، ބޮލޯނިއާ، ޔުވެންޓަސް އަދި އުދިނޭސީ ފަދަ މަޝްހޫރު ކްލަބުތަކަށް ކުޅެފައެވެ. އަދި އޭނާ ވަނީ ލިވަޕޫލާއެކު ކޮންޓްރެކްޓެއް ހަދާފައެވެ. ނަމަވެސް އެ ޓީމަށް މެޗެއް ކުޅެދީފައެއް ނުވެއެވެ.

މެނިންގާގެ ކުއްލި މަރުގެ ހަބަރާއެކު އޮސްޓްރިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ފުން ހިތާމައެއް ފާޅުކޮށްފައެވެ. އެ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރު ވިދާޅުވީ މެނިންގާއަކީ އޮސްޓްރިއާ ފުޓުބޯޅައިގެ ހަގީގީ އެމްބެސެޑަރެއް ކަމަށާއި، އޭނާ ގައުމަށް ކޮށްދިން އަގުނުކުރެވޭނެ ޚިދުމަތްތައް ތާރީޚުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily