DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އެމެރިކާއާއި އީރާނުގެ ޙަމަލާތަކާއެކު މެދުއިރުމަތީގެ މަސްރަޙު އަނެއްކާވެސް ހަލަބޮލިވެއްޖެ

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ޖޫން 27, 2026
0
އެމެރިކާއާއި އީރާނުގެ ޙަމަލާތަކާއެކު މެދުއިރުމަތީގެ މަސްރަޙު އަނެއްކާވެސް ހަލަބޮލިވެއްޖެ
0
SHARES
186
VIEWS
Share on FacebookShare on Twitter

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އީރާނުން ޑްރޯން ޙަމަލާއެއް ދީފައިވާ ކަމަށް ތުހުމަތުކޮށް، އެމެރިކާ ސިފައިން އީރާނަށް ޙަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން ވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މި ހާދިސާއާއެކު، ދެ ޤައުމުން ވެސް ދަނީ ހުސްވި ހަފުތާގައި ސޮއިކޮށްފައިވާ ޙަމަލާތައް މެދުކަނޑައިލުމުގެ އިބުތިދާއީ އެއްބަސްވުމާ ޚިލާފުވިކަމުގެ ތުހުމަތު އެއް ބަޔަކު އަނެއް ބަޔަކަށް ކުރަމުންނެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކަށާއި އައްސޭރިފަށުގެ ރާޑަރު މަރުކަޒުތަކަށެވެ. މިއީ އީރާނުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ދިން ޙަމަލާތަކެއް ކަމަށް އެމެރިކާއިން ބުނެއެވެ.

ނަމަވެސް އީރާނުން ބުނީ، އެމެރިކާގެ ޙަމަލާ އަމާޒުކޮށްފައި ވަނީ ދެކުނުގެ ސިރީކް ސަރަޙައްދުގެ ބަނދަރަކަށް ކަމުގައެވެ. އަދި މި ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާދިން ކަމަށް އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ބުނެފައެވެ. އައިއާރްޖީސީގެ ޙަމަލާތަކުގެ އިތުރު ތަފުސީލެއް ހާމަކޮށްފައި ނުވާއިރު، ސިރީކް ބަނދަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ސަރަޙައްދުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، އެމެރިކާއިން އެއްބަސްވުމަށް އިޙުތިރާމްކުރަމުންދިޔަ ނަމަވެސް، އީރާނުން ދޭ ކޮންމެ ޙަމަލާއަކަށް އިތުރު ޙަމަލާތަކުން ރައްދު ދޭނެ ކަމުގައެވެ.

މި ހަމަނުޖެހުންތަކުގެ މެދުގައި ވެސް، ޔަހޫދީންނާއި ލުބްނާންގެ ސަރުކާރުން ވަނީ ޔަހޫދީ ފައުޖާއި ޙިޒްބުالله މުޖާހިދުންގެ ޖަމާޢަތާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. ނަމަވެސް، ޙިޒްބުالله އިން ވަނީ އެ އެއްބަސްވުމަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނާއި އެމެރިކާއާ ދެމެދު އަނެއްކާ ވެސް ޙަމަލާތަކެއް ބަދަލުކުރުމުގެ ކުރިން، ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ހުރަސްކޮށްފައިވުމުގެ ސަބަބުން ތެލުގެ އަގު ވަނީ %3 ދަށަށް ގޮސްފައެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ސަޢޫދީ އަރާމްކޯ ކުންފުނިން ވަނީ ހަތަރު މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރައުސު ތަނޫރު ޓަރމިނަލުން އަލުން ސާފުނުކުރާ ތެޔޮ ބަރުކުރަން ފަށާފައެވެ.

މި ދަނޑިވަޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާއި ގަލްފް ކޯޕަރޭޝަން ކައުންސިލުގެ (ޖީސީސީ) މެންބަރުން ވަނީ ކަނޑުއޮޅިން އެއްވެސް ހުރަހެއް ނެތި މިނިވަންކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ގޮވައިލާފައެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ކަނޑުއޮޅި ބަލަހައްޓަން ވާނީ އީރާނާއި ޢުމާން ގުޅިގެން ކަމުގައެވެ.

މި މައްސަލައިގައި އީރާނުގެ އިސް މުރުޝިދުގެ އިސް މުޝީރު ޢަލީ އަކްބަރު ވިލާޔަތީ ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާއާއި ގަލްފުގައިވާ އެމެރިކާގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައި ވަނީ ހަމައެކަނި އީރާނުގެ ކެތްތެރިކަމާއި އޯގާތެރިކަމުގެ މައްޗަށް ކަމުގައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily