DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އިންޓަރ މައާމީގެ އައު ކޯޗަކަށް އާޖެންޓީނާގެ ކްރިސްޓިއަން ގޮންޒާލޭޒް ހަމަޖައްސައިފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
އޯގަސްޓް 29, 2026
0
އިންޓަރ މައާމީގެ އައު ކޯޗަކަށް އާޖެންޓީނާގެ ކްރިސްޓިއަން ގޮންޒާލޭޒް ހަމަޖައްސައިފި
0
SHARES
5
VIEWS
Share on FacebookShare on Twitter

އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަރ މައާމީގެ އައު ކޯޗަކަށް އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު ކްރިސްޓިއަން ’ކިލީ‘ ގޮންޒާލޭޒް ހަމަޖައްސައިފިއެވެ. އިންޓަރ މައާމީން މިކަން ރަސްމީކޮށް ހާމަކޮށްފައިވަނީ ދާދި ފަހުންނެވެ.

ގޮންޒާލޭޒް އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ އާޖެންޓީނާގެ ޕްރިމިއަރ ޑިވިޜަންގެ ކްލަބެއް ކަމަށްވާ ޕްލަޓެންސޭއަށެވެ. އޭޕީޑީ ކްލަބުން ފުޓްބޯޅަ ކެރިއަރު ފެށި ގޮންޒާލޭޒް އަކީ ސްޕެއިންގެ ލަލީގާގައި ވެލެންސިއާއަށް ކުޅެ، އެ ޓީމާއެކު ލަލީގާގެ ތަށިވެސް ކާމިޔާބު ކޮށްފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. މީގެއިތުރުން، އާޖެންޓީނާގެ ޤައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ ގޮންޒާލޭޒް ވަނީ 2004 ވަނަ އަހަރު ގްރީސްގެ އެތެންސްގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި އާޖެންޓީނާއަށް ރަން މެޑަލް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލީ 2011 ވަނަ އަހަރު އަނބުރާ އާޖެންޓީނާއަށް ބަދަލުވެ، ރޮސާރިއޯ ސެންޓްރަލްއަށް ކުޅުމަށްފަހުއެވެ. އަދި އޭނާގެ ކޯޗިންގ ކެރިއަރު ފަށާފައިވަނީ 2020 ވަނަ އަހަރު އެ ޓީމުންނެވެ.

އިންޓަރ މައާމީއަށް މިދިޔަ ސީޒަނުގައި ލީގު ކާމިޔާބު ކޮށްދިން ކޯޗު ހާވިއޭ މަޝަރާނޯ ވަނީ މި އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު މަޤާމުން ވަކިވެފައެވެ. އޭގެފަހުން އެ ޓީމުގެ ކޯޗުކަން ވަގުތީ ގޮތުން ކުރަމުން އައީ އުމުރުން 63 އަހަރުގެ ގުޔެރުމޯ ހޯޔޯސްއެވެ. މި ސީޒަނުގެ ފެށުން އިންޓަރ މައާމީން ރަނގަޅު ކުރި ނަމަވެސް، އެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުން ވެސް ވަނީ ބަލިވެފައެވެ. އެއާއެކު އިންޓަރ މައާމީ މިވަގުތު އޮތީ މިހާތަނަށް ކުޅުނު 21 މެޗުން ލިބުނު 39 ޕޮއިންޓާއެކު (11 މޮޅު، 6 ބަލި، 4 އެއްވަރު) އެމްއެލްއެސްގެ އީސްޓަން ކޮންފަރެންސްގެ ދެވަނައިގައެވެ. އެއީ ތާވަލުގެ އެއްވަނައިގައި އޮތް ނާޝްވިލް އެސްސީއަށް ވުރެ 10 ޕޮއިންޓް ފަހަތުގައެވެ.

އިންޓަރ މައާމީން އައު ކޯޗަކާއެކު ކުރިއަށްދާން ނިންމި އިރު، ވަގުތީ ކޯޗުގެ މަޤާމުން ވަކިވި ހޯޔޯސްއަށް އެމްއެލްއެސްއިން ވަނީ އެއް މެޗުގެ ސަސްޕެންޝަނަކާއެކު ޖޫރިމަނާގެ އަދަބެއް ކަނޑައަޅާފައެވެ. ލީގުން އޭނާއަށް މި އަދަބު ދިނީ އިންޓަރ މައާމީގެ ޓީމު ތަކުރާރުކޮށް މެޗުތައް ފަށަން އޮންނަ ގަޑިއަށް ދަނޑަށް ނުނިކުމެ، މެޗު ފެށުން ލަސްވާ މައްސަލައިގައެވެ.

އެމްއެލްއެސްގެ ޤަވާއިދު ބުނާ ގޮތުން މެޗު ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަށާއި ދެވަނަ ހާފުގެ ކުޅުން ފަށަން އޮންނަ ގަޑިއަށް ޓީމުތަކުން ދަނޑަށް ނުނިކުމެއްޖެނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭ އެންމެ އިސް ފަރާތަކީ ކޯޗު ކަމަށްވާތީ ކޯޗަށް އަދަބު ލިބޭނެއެވެ. މި މައްސަލައާ ގުޅިގެން އިންޓަރ މައާމީ ކްލަބުވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily