DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ގޭންގު ކުށްތަކުގެ އާ ގާނޫނަށް އަމަލުކުރަން ފަށައިފި

މުހައްމަދު އާސިފް by މުހައްމަދު އާސިފް
އޯގަސްޓް 25, 2025
0
ގޭންގު ކުށްތަކުގެ އާ ގާނޫނަށް އަމަލުކުރަން ފަށައިފި
0
SHARES
22
VIEWS
Share on FacebookShare on Twitter

ދިވެހިރާއްޖޭގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ މަޤްޞަދުގައި ސަރުކާރުން ހުށަހެޅުއްވި ”ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު“ އަށް ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ. މި ޤާނޫނަކީ މުޖުތަމަޢުގައި އިތުރުވަމުންދާ ނުރައްކާތެރި ކުށްތަކަށް ޙައްލެއް ހޯދުމަށް ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ މިއަހަރު މެއި މަހު 15 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގު ކުރެއްވީ މެއި މަހުގެ 25 ދުވަހުއެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް، އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމަޢަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި، އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ މުހިންމު އަދަބުތައް:

  • އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުން:
    • އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ، 25 އަހަރުގެ ޖަލު ހުކުމަކާއެކު 200,000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
    • އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ، 18 އަހަރުގެ ޖަލު ހުކުމަކާއެކު 100,000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
  • އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުން (ރެކްރޫޓްކުރުން):
    • މި ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ، 25 އަހަރުގެ ޖަލު ހުކުމަކާއެކު 200,000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
    • ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ، އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100,000 ރުފިޔާއާއި 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
  • ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި އެހެނިހެން ކުށްތައް:
    • ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި، ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި، ހެކިބަސްދޭ ފަރާތްތަކަށް ބިރުދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.
    • އިންތިޒާމުވެފައިވާ ކުށެއް ކުރުމުގައި ޤާނޫނީ ޝަހުސެއް ނުވަތަ އެ ޝަހުސެއްގެ މަސްއޫލުވެރި ފަރާތެއް ބައިވެރިވެއްޖެނަމަ، އެ ޝަހުސެއް އުވާލުމާއެކު އެ ކުށެއް ކުރި މީހަކު 100,000 ރުފިޔާއާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ޤާނޫނާއި ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު ގެނެވޭ ބަދަލުތަކުން އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އެ ގޮތުން މީގެ ކުރިން ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް، އަދަބު ދެގުނަ ލުއިކޮށްދެވި، ބައެއް މީހުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދިނުމުގެ ފުރުޞަތު އޮތްނަމަވެސް، އައު ޤާނޫނާއެކު ބޮޑެތި ކުށްތައް ކުރުމުން އެ ދޮރުތައް ބަންދުވާނެކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ބޮޑެތި ކުށްކުށަށް އެއްވެސް ވަރަކަށް ލުއި ނުދެވޭނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

މީގެ އިތުރުން ގޭންގުތައް ހުއްޓުވުމުގެ ޤާނޫނުގައި ނުޙައްޤުން ހޯދާފައިވާ މުއްސަނދިކަން ދައުލަތަށް ނެގުމުގެ މަގުވެސް ފަހިވެގެންދާނެއެވެ. މިގޮތަށް ނަގާ މުދާ ބެލެހެއްޓުމާއި، އެ މުދަލާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މާލިއްޔަތާ ބެހޭ ވުޒާރާއިންކަމަށް ޕީޖީ އޮފީހުން މަޢުލޫމާތު ދެއްވައެވެ. މި ޤާނޫނުގެ ސަބަބުން ރާއްޖޭގެ އަމާންކަން އިތުރުވެ، ކުށްކުރުން މަދުވެގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

Tags: ޕޮލިސް

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
ނަމާދަށް ހުރި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށްފި

ނަމާދަށް ހުރި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށްފި

ސެޕްޓެމްބަރ 29, 2026
ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށް ބިރުދެއްކުން އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ފުލުހުންނާ މާރާމާރީ ހިންގި އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

ސެޕްޓެމްބަރ 28, 2026
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސެޕްޓެމްބަރ 24, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily