ރ. އަނގޮޅިތީމުގައި އުމުރުން 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކޮށް، މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައި، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ރ. އަނގޮޅިތީމުގެ ގެއަކަށް މީހަކު ވަދެ، އެ ގޭގައި އިން ދުވަސްވީ އަންހެނަކާ މެދު ގަދަކަމުން ޖިންސީ ގޯނާކޮށް، މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް މި ހިނގާ މަހުގެ 27 ވަނަ ދުވަހުގެ ރޭ 8:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާ ލިބުނު އުމުރުން ދުވަސްވީ އަންހެން މީހާއަށް އަނގޮޅިތީމު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިރިހެން މީހާ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވަނީ އޭނާ ގޭގައި އިޝާ ނަމާދަށް ހުއްޓައެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ރޭ ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





