DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމް ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 25, 2026
0
މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމް ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
0
SHARES
90
VIEWS
Share on FacebookShare on Twitter

މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ޝައިޚް ޑރ. ޔާސިރް އައްދައުސަރީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިކަން ރަސްމީކޮށް އިޢުލާންކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

މިކަން އިޢުލާންކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ރާއްޖެއަށް އަދި ވަކިން ޚާއްސަކޮށް ޤުރުއާން ކިޔަވާ ކުދިންނާއި ޒުވާން ޚަތީބުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

”ޤުރުއާން ކިޔަވާކުދިންނާއި ޒުވާން ޚަތީބުންނަށް އުފާވެރި ވާހަކައެއް މިއީ. މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމް ޑރ. ޔާސިރް އައްދައުސަރީ އިރާދަކުރެއްވިއްޔާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ،“ ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައިވަނީ ޒުވާން ޚަތީބުންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެ މަހާސިންތާ އޮންނަ ދުވަހަށް އެމަނިކުފާނަށް ވަޑައިނުގެންނެވުނު ނަމަވެސް، މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާން ނިމުމުން، ދަތުރުފުޅު ކުރިއަށް ގެންދާނެ ވަކި ތާރީޚެއް ހަމަޖައްސަވާނެއެވެ.

އުމުރުފުޅުން އެންމެ 15 އަހަރުގައި ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރެއްވި ޑރ. ޔާސިރް އައްދައުސަރީ އުފަންވެވަޑައިގަތީ 1981 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ރިޔާޟަށެވެ. އެމަނިކުފާނު ޤުރުއާން ހިތުދަސްކުރެއްވީ ޝައިޚް ބަކްރީ ޠަރާބީޝީ އަދި ޝައިޚް އިބްރާހީމް އަލްއަޚްޟަރު ފަދަ އިސްލާމީ ދުނިޔޭގެ މަޝްހޫރު ޤާރީންނާއި އިލްމުވެރިންގެ އަރިހުންނެވެ.

އިމާމު މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށްފަހު، އެ ޔުނިވާސިޓީގެ ހަޔާ ޖުޑީޝަލް އިންސްޓިޓިއުޓުން އެމަނިކުފާނު ވަނީ ފިޤުހުގެ އަޅައިކިޔުމުގެ ދާއިރާ ނުވަތަ ކޮމްޕެރެޓިވް ޖުރިސްޕްރުޑެންސް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.

ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަކީ އެމަނިކުފާނުގެ ހިތްގައިމު އަދި އަސަރުގަދަ ގުރުއާން ކިޔެވުމުގެ ޚާއްސަ ހުނަރާއި، އިމާމުވެ ނަމާދުކުރެއްވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގްބޫލުކަމަކާއި ލޯތްބެއް ހޯއްދަވާފައިވާ މަޝްހޫރު ޝަޚްސިއްޔަތެކެވެ. އެހެންކަމުން އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހި ރައްޔިތުންނާއި ޚާއްޞަކޮށް ދީނީ އިލްމު ހާސިލުކުރަމުންދާ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލަކާއި ތަޖުރިބާއެކެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily