DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ޓްރެވަލް އެވޯޑްސް: ރާއްޖެއަށް ފަސް އެވޯޑް

ޙަސަން ސަޢީދު by ޙަސަން ސަޢީދު
ސެޕްޓެމްބަރ 28, 2026
0
ޓްރެވަލް އެވޯޑްސް: ރާއްޖެއަށް ފަސް އެވޯޑް
0
SHARES
9
VIEWS
Share on FacebookShare on Twitter

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި ޝަރަފުވެރި ”ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ ސެރެމަނީ 2026“ ގައި އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ މަގާމާއެކު ރާއްޖެއިން ފަސް އެވޯޑެއް ކާމިޔާބުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ތެރޭގައި އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ އިތުރުން، ލީޑިން ޑައިވް ޑެސްޓިނޭޝަން، ލީޑިން ގްރީން ޑެސްޓިނޭޝަން އަދި ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2026 ހިމެނެއެވެ. މީގެ އިތުރުން، އިންޑިއަން އޯޝަންސް ލީޑިން ޓޫރިސްޓް ބޯޑު 2026 ގެ ލަގަބު ކާމިޔާބުކޮށްފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިންނެވެ.

ގައުމީ ފެންވަރުގައި ލިބުނު އެވޯޑުތަކުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 15 އަށް ވުރެ ގިނަ ބްރޭންޑަކުން ވަނީ އިންޑިއާ ކަނޑުގެ އެކި ދާއިރާތަކުން އެވޯޑްތައް ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ރިސޯޓްތަކާއި، ލަގްޒަރީ ހޮސްޕިޓަލިޓީ، އޭވިއޭޝަން، ޑައިވިން އަދި އާއިލީ ދަތުރުތަކާއި ހަނީމޫންގެ އިތުރުން ޕްރައިވެޓް އައިލެންޑް ތަޖުރިބާތަކާއި ސުޕަ ޔޮޓް ފަތުރުވެރިކަމާއި ޒިންމާދާރު ފަތުރުވެރިކަމުގެ ދާއިރާތައް ހިމެނެއެވެ.

ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފައުންޑާ އަދި ޕްރެޒިޑެންޓް ގްރަހަމް ކުކް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުގައި، ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ ވާހަކަދައްކަވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، 1972 ވަނަ އަހަރު އެންމެ ދެ ރިސޯޓާއެކު ފެށުނު ރާއްޖޭގެ ފަތުރުވެރިކަން މިއަދު ދުނިޔޭގެ އެންމެ ކާމިޔާބު އެއް ވާހަކައަށް ވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ އިޝްތިހާރު ކުރުމުގައި ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ޔާސިރު ވިދާޅުވީ، ރާއްޖެއަށް ލިބުނު ފަސް އެވޯޑަކީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަމާއި މުއްސަނދިކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއިން ފޯރުކޮށްދޭ ފެންވަރު ރަނގަޅު ހިދުމަތްތަކާއި ތަފާތު ތަޖުރިބާތަކުގެ އަގުވަޒަންކުރުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily