ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދެއްވި ގޮތުގައި މި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ ޖުމްލަ 11.75 ކިލޯގެ ކެނަބިސް އެވެ.
މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ މަހުގެ ހަތްވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ކަސްޓަމްސް އިން ބުނީ އެ ޕެކޭޖުތައް ބަލައި ފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ޗެކްކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، އެ ތަކެތި ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
ރާއްޖެއަށް އެކި މަގުމަގުން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ހުއްޓުވައި، އަތުލައިގަތުމަށްޓަކައި ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މައްސަލަ މިހާރު ދަނީ ފުލުހުންގެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުންނެވެ.





