DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އަދީބުގެ އެމްޓީޑީ އިލެކްޝަން ކޮމިޝަނުން އުވާލައިފި

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
އޯގަސްޓް 26, 2025
0
އަދީބުގެ އެމްޓީޑީ އިލެކްޝަން ކޮމިޝަނުން އުވާލައިފި
0
SHARES
11
VIEWS
Share on FacebookShare on Twitter

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގައި، ސިޔާސީ ކޮންމެ ޕާޓީއެއްގައި ވެސް މެންބަރުން ތިބެން ޖެހޭ އަދަދު ކަމަށްވާ 3،000 މީހުން ހަމަނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އެ ޕާޓީ އުވާލައިފިއެވެ. މި ނިންމުމާއެކު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލިސްޓުން އިތުރު ޕާޓީއެއް ވަނީ މަދުވެފައެވެ.

އީސީން ގެޒެޓުކުރި އިއުލާނެއްގައިވާ ގޮތުން، އެމްޓީޑީ އުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައިވާ ގޮތުން، ޕާޓީގެ 3،000 މެންބަރުން ހަމަނުވާނަމަ އެ އަދަދަށް މީހުން އިތުރުކުރަން ތިން މަސް ދިނުމަށްފަހު، އެ އަދަދު ހަމަނުވާނަމަ އެ ޕާޓީއެއް އުވާލުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

އީސީގެ ދަފުތަރުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް އެމްޓީޑީގައި ތިބީ 2272 މެންބަރުންނެވެ. މިއަދަދު ހަމަނުވާތީ، ގާނޫނީ މުއްދަތު ހަމަވުމުން އެ ޕާޓީ އުވާލުމުގެ ނިންމުން އީސީން ނެރުނީއެވެ.

އެމްޓީޑީ އުވާލުމާއި ގުޅިގެން، އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެކަން އީސީއަށް ހުށަހަޅައި ނިންމުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން ފާހަގަކޮށްލަން ޖެހޭ ކަމަކީ، އީސީން މީގެ ކުރިން ވެސް މިފަދަ ސަބަބަކާ ހުރެ ޕާޓީއެއް އުވާލާފައިވާ ކަމެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގައި ވެސް މެންބަރުން ހަމަނުވާތީ އީސީން ވަނީ އެ ޕާޓީ އުވާލައިފައެވެ.

އެމްޓީޑީ އުވާލުމާއެކު، އީސީގެ ދަފުތަރުގައި މިހާރު އޮތީ އެންމެ އަށް ޕާޓީއެކެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވަރަށް ކުޑަ ޕާޓީއެއްގެ ގޮތުގައި އޮތުމަށް ފަހު، މިހާރު 68،665 މެންބަރުން ހަމަކޮށްފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގައެވެ. ވަރަށް ފަހަކާ ޖެހެންދެން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 43،765 ކަމަށް އީސީގެ ދަފުތަރުން ދައްކައެވެ.

ޕީއެންސީން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ މެންބަރުން އިތުރުކުރުމުން އެ ޕާޓީން އޮޅުވާލައިގެންނާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން އިތުރުކުރި ކަމުގެ ތުހުމަތުވެސް އަމާޒުވިއެވެ.

އެމްޓީޑީ އުފައްދާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެންބަރު 27 ގައެވެ. އެ ޕާޓީ އުފައްދަން އީސީން ހުއްދަ ދިނުމުން ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ އަދީބު ކަމަށްވާއިރު، އެ ދުވަސްވަރު އޭނާ ހުންނެވީ ގޭ ބަންދުގައެވެ. އެއީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން، ސިއްހީ ހާލަތު ހުރި ގޮތުން ގެއަށް ބަދަލުކުރުމުންނެވެ.

އެ ޚިޔާނާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ މައްސަލައިގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގެއަށް ބަދަލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. ފަހުން، ޞާލިޙް ވަނީ ދެ ބޭފުޅުންނަށް ވެސް މާފުދެއްވާފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily