DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ތިނަދޫ މޭޔަރު ސައުދުގެ ޝަރީއަތް މާދަމާ ފަށަނީ

ޙަސަން ސަޢީދު by ޙަސަން ސަޢީދު
އޮކްޓޯބަރ 4, 2026
0
ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ މޭޔަރުގެ މައްޗަށް ދައުވާކުރަނީ
0
SHARES
34
VIEWS
Share on FacebookShare on Twitter

ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ. މި މައްސަލަތަކުގެ އަޑުއެހުން ކޯޓުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ.

މޭޔަރު ސައުދުގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި އެ ރަށުގެ އާބާދީގެ ސައްހަކަން އޮޅުވާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. މިގޮތުން އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސައުދު އަލީގެ މައްޗަށް ކުރަނީ ތިނަދޫއަކީ 10,000 މީހުންގެ އާބާދީއެއް ފުރިހަމަވާ ރަށެއްކަމަށް ދެއްކުމުގެ ގޮތުން، އޭނާ ސޮއިކުރައްވައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުއްވި އާބާދީ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާތީއެވެ. އަދި އެ ލިސްޓުގައި ހިމެނޭ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭ އިން އެދުމުން، އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ތިނަދޫގެ އާބާދީއަކީ 10,150 ކަމަށް ބުނެ ސައްހަ ނޫން ލިސްޓެއް އެލްޖީއޭއަށް ފޮނުވާފައިވާ ކަމަށްވެސް ދައުވާގައިވެއެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ދައުވާ އޭނާގެ މައްޗަށް އުފުލީ، މި މައްސަލައިގެ ތަހުގީގަށް ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާކުރުމަށް ފުލުހުން އެދުމުން، އެ ލިސްޓުތައް ފޯރުކޮށްނުދީ، ސިޓީގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ، ސައުދު ސޮއިކުރައްވައި ފުލުހުންނަށް ފެކްސް މެދުވެރިކޮށް ދޮގު މައުލޫމާތު ދެއްވާފައިވާތީއެވެ. މި ކުށް ސާބިތުވެއްޖެނަމަ އޭނާއަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި އެލްޖީއޭއަށްވެސް ހުށަހަޅުއްވާފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily