މާލޭގެ ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ބޮޑުތަކުރުފާނު މަގު ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 10:15 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެކްސިޑެންޓާ ގުޅިގެން އޭނާއަށް ފަރުވާ ދިނުމަށް ވަގުތުން އައިޖީއެމްއެޗަށް ގެންދެވުނެވެ. ނަމަވެސް، އޭނާއަށް ސީރިއަސް އަނިޔާތަކެއް ވެފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިނީ ޑްރައިވިންގ ލައިސަންސް ނެތް ބަންގްލަދޭޝް ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





