ބ.އަތޮޅުގައި ހިންގާ ރިސޯޓެއްގައި މިމަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު 21 އަހަރުގެ ދިވެހި ފިރިހެނެއްގެ މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ނިންމާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، 21 އަހަރުގެ މި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނުކަމުގެ ރިޕޯޓް މިމަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އަދި މަރުގެ ހަޤީގީ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ފުލުހުންގެ ތަޙުޤީގު ޓީމުން ވަނީ ނިންމާފައެވެ.
މި މައްސަލަ މިހާރު ތަޙުޤީގު ކުރަމުންދާތީ، މައްސަލައިގެ އިތުރު ތަފްސީލްތައް ފުލުހުން އަދި ޙިއްސާކޮށްފައެއް ނުވެއެވެ.





