DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އެޕަލްގެ އައިފޯން 17 ސީރީސް، އެޕަލް ވޮޗް 11 އަދި އެއާޕޮޑްސް ޕްރޯ 3 ތައާރަފްކޮށްފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 10, 2025
0
އެޕަލްގެ އައިފޯން 17 ސީރީސް، އެޕަލް ވޮޗް 11 އަދި އެއާޕޮޑްސް ޕްރޯ 3 ތައާރަފްކޮށްފި
0
SHARES
100
VIEWS
Share on FacebookShare on Twitter

ދުނިޔޭގެ އެންމެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެޕަލް އިން، ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ އެ ކުންފުނީގެ އައު އުފެއްދުންތަކެއް ރޭ ރަސްމީކޮށް ތައާރަފްކޮށްފިއެވެ. އެގޮތުން، އެންމެ ފަހުގެ އައިފޯން ލައިންއަޕް ކަމަށްވާ ”އައިފޯން 17 ސީރީސް“، ”އެޕަލް ވޮޗް ސީރީސް 11“ އަދި ”އެއާޕޮޑްސް ޕްރޯ 3“ ރޭ ބޭއްވި ޚާއްސަ އިވެންޓެއްގައި ވަނީ ދައްކާލާފައެވެ. މި އުފެއްދުންތަކަކީ ޓެކްނޮލޮޖީގެ ދާއިރާއަށް މުހިންމު ކުރިއެރުންތަކެއް ގެނެސްދޭނެ ކަމަށް އެޕަލްއިން ބުނެއެވެ.

އައިފޯން 17 ސީރީސް: ހައިރާންކުރުވަނިވި އައު އީޖާދެއް

އެޕަލްއިން ބުނާގޮތުގައި އައިފޯން 17 އަކީ އެ ކުންފުނިން މިހާތަނަށް އުފެއްދި އެހެން ފޯނުތަކާ ތަފާތު، އަދި ވަރަށް ހައިރާންކުރުވަނިވި ފޯނެކެވެ. ރޭ ނެރުނު އައިފޯން 17 ގެ ޖުމްލަ ހަތަރު މޮޑެލް ހިމެނެއެވެ. އެއީ އައިފޯން 17، އައިފޯން އެއާ، އައިފޯން 17 ޕްރޯ، އަދި އައިފޯން 17 ޕްރޯ މެކްސްއެވެ.

ފަރުމާއާއި ކުލަތައް، އަދި އަގުތައް:
އައިފޯން 17 ގެ ފަރުމާއަކީ ވަރަށް ރީތި އަދި މާ ބޮޑަށް ދެމިހުންނާނެ ފަރުމާއެކެވެ. މި ފޯނު ނެރެފައިވަނީ ލެވެންޑާ، މިސްޓް ބްލޫ، ބްލެކް، ވައިޓް، އަދި ސޭޖް ކުލައިގައެވެ.

އަގުތަކަށް ބަލާއިރު، އެޕަލްގެ އެހެން ފޯނުތަކާ އަޅާ ބަލާއިރު ސީރީސް 17 ގެ ފޯނުތަކުގެ އަގު ބޮޑުކަން ފާހަގަކުރެވެއެވެ. ރިޕޯޓްތަކަށް ބަލާއިރު، އައިފޯން 17 ސީރީސްގެ އަގުތައް ފެށިގެންދަނީ 799 ޑޮލަރު (ގާތްގަނޑަކަށް 12,300 ރުފިޔާ) ގައެވެ. އައިފޯން އެއާގެ އަގު ފެށިގެންދަނީ 999 ޑޮލަރުގައެވެ. އައިފޯން 17 ޕްރޯގެ އަގު ފެށިގެންދަނީ 1099 ޑޮލަރުގައި ކަމަށްވާއިރު، 17 ޕްރޯ މެކްސްގެ އަގު ފެށިގެންދަނީ 1199 ޑޮލަރުގައެވެ. އައިފޯން 17 ޕްރޯ މެކްސް ގައި 2 ޓީބީގެ ކޮންފިގަރޭޝަން ވެސް ލިބެން ހުންނާނެއެވެ.

ކެމެރާގެ ކުރިއެރުންތަކާއި ޕާފޯމަންސް:
އައިފޯން 17 ގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ކެމެރާއަށް ގެނެސްފައިވެއެވެ. މި ފޯނުގައި 48 މެގާޕިކްސެލްގެ ފިއުޝަން އަލްޓްރާ ވައިޑް ކެމެރާއެއް ހިމެނޭއިރު، 12 މެގާޕިކްސެލްގެ 1އެކްސް މެކްރޯ ކެމެރާއަކާއި، 48 މެގާޕިކްސެލްގެ ފިއުޝަން މެއިން ކެމެރާއެއްވެސް ހިމެނެއެވެ. ޓެލެފޯޓޯ ކެމެރާއަށް ބަލާއިރު، 12 މެގާޕިކްސެލްގެ 2x ޓެލެފޯޓޯ ކެމެރާއެއް ހިމެނޭއިރު، 48 މެގާޕިކްސެލްގެ ޑުއަލް-ފިއުޝަން ކެމެރާ ސިސްޓަމެއް (1x އަދި 2x) ވެސް މި ފޯނުގައި ހުރެއެވެ.

ޕާފޯމަންސަށް ބަލާއިރު، އައިފޯން 17 އަކީ 3nm އޭ19 އެޕަލް ސިލިކަން ޗިޕް ބޭނުންކޮށްގެން ހަދާފައިވާ ފޯނެކެވެ. އޭ19 ޗިޕްގައި ހަ ކޯރުގެ ސީޕީޔޫއެއް އަދި ފަސް ކޯގެ ޖީޕީޔޫއެއް ހިމެނެއެވެ. ކުރީގެ އައިފޯންތަކުން އަޕްގްރޭޑް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ސްޕީޑް ބޫސްޓެއް ލިބިގެންދާނެކަމަށް އެޕަލްއިން ބުނެއެވެ. މި ފޯނުގައި 16 ކޯގެ ނިއުރަލް އިންޖީނެއް ހިމެނޭއިރު، މިއީ އޭއައި އަށް ބޭނުންވާ ޕްރޮސެސިންގ ހަކަތަ ދިނުމަށް ވަރަށް މުހިންމު އެއްޗެކެވެ.

ބެޓެރީ އާއި ޑިސްޕްލޭ އަދި ރައްކާތެރިކަން:
އައިފޯން 17 ގައި ”މުޅިދުވަހު ބެޓެރީ ލައިފް“ ހުރެއެވެ. މީގެ އިތުރުން، އައިފޯން 16އާ އަޅާބަލާއިރު އަށް ގަޑިއިރު އިތުރަށް ވީޑިއޯ ޕްލޭބެކް ކުރެވޭނެއެވެ. 10 މިނެޓުގެ ޗާޖަކުން 8 ގަޑިއިރު ވީޑިއޯ ޕްލޭބެކް ކުރެވޭނެ ކަމަށްވެސް އެޕަލްއިން ބުނެއެވެ.

ޑިސްޕްލޭއަށް ބަލާއިރު، އައިފޯން 17 ގައި 6.3 އިންޗީގެ ސުޕަ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭއެއް ހިމެނެއެވެ. މި ޑިސްޕްލޭގައި ޕްރޮމޯޝަން ޓެކްނޮލޮޖީ ބޭނުންކޮށްފައިވާތީ 120ހާޓްޒްއާ ހަމައަށް ރިފްރެޝް ރޭޓް އަޕް ކުރެވޭނެއެވެ. އަދި 1ހާޓްޒް އަށް ޑައުންވެ، އަބަދުވެސް އޮންކޮށް ހުންނަ ޑިސްޕްލޭއެއް (އޯލް ވޭސް އޮން ޑިސްޕްލޭ) ވެސް ހިމެނެއެވެ. ބޭރުގެ އަލީގައި 3،000 ނިޓްސްގެ ޕީކް ބްރައިޓްނެސްއެއް ހުންނައިރު، ކުރީގެ މޮޑެލްތަކަށްވުރެ ބޯޑަރުތައް ހިމަވެފައިވެއެވެ. އަދި 7 ލޭޔަރުގެ އެންޓިރިފްލެކްޓިވް ކޯޓިންގއެއް ހުރުމުން އަލިކަން ކުޑަކޮށް، ފެންނަ މަންޒަރު ރަނގަޅުކޮށްދެއެވެ.

އައިފޯން 17 ގައި ސެރެމިކް ޝީލްޑް 2 ހިމެނެއެވެ. މިއީ ކުރީގެ މޮޑެލްތަކަށްވުރެ ތިން ގުނަ ބޮޑަށް ސްކްރެޗްތަކުން ދިފާއުވާނެ އެއްޗެކެވެ. އަދި އެޕަލްއިން އާ ކޯޓިންއެއް ބޭނުންކޮށްފައިވާތީ، ދުވަހީ ބޭނުންތަކުގައި ލިބޭ ސްކްރެޗްތަކުން ފޯނު ރައްކާތެރިކޮށްދެއެވެ.

އެޕަލް ވޮޗް ސީރީސް 11: ސިއްހަތާއި ޓެކްނޮލޮޖީގެ އައު އިންގިލާބެއް!

އައިފޯން 17 އާއެކު، އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ ސްމާޓް ވޮޗް ކަމަށްވާ ”އެޕަލް ވޮޗް ސީރީސް 11“ ވެސް ރޭ ދައްކާލައިފިއެވެ. މި އައު ވޮޗަކީ ފަރުމާއާއި ފީޗާސްގެ ގޮތުން ބޮޑެތި ބަދަލުތަކަކާއެކު ނެރެފައިވާ އުފެއްދުމެއް ކަމަށް އެޕަލް އިން ހާމަކުރެއެވެ.

ފަރުމާ އާއި ބާރުގަދަކަން:
ސީރީސް 11 އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ތުނި އަދި އެންމެ ލުއި އެއް ވޮޗް ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، މިއީ ކުރީގެ ސީރީސްތަކާ ބަލާއިރު މާ ވަރުގަދަ އަދި މޮޅު ވޮޗެއް ވެސްމެއެވެ. މި ވޮޗްގެ ކޭސްތައް ޓައިޓޭނިއަމް އަދި 100 ޕަސެންޓު ރީސައިކަލް ކުރެވިފައިވާ އެލްމިނިއަމްއިން ލިބެން ހުންނާނެއެވެ. ޓައިޓޭނިއަމް ކޭސްތަކުގެ ކުލަތަކުގެ ތެރޭގައި ޖެޓް ބްލެކް، ސިލްވާ، ރޯޒް ގޯލްޑް، ސްޕޭސް ގްރޭ، ނެޗުރަލް، ގޯލްޑް، އަދި ސްލޭޓް ހިމެނެއެވެ.

ސިއްހަތަށް އާ ފީޗާސްތަކެއް:
މިފަހަރުގެ ވޮޗްގައި ސިއްހަތާ ގުޅޭ މުޅިން އާ ފީޗާސްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން، ”ސްލީޕް ސްކޯ“ ފީޗާގެ އެހީގައި ނިދީގެ ފުންމިނާއި، ނިދީގައި ހޭލެވޭ އަދަދު އަދި ނިދީގެ އެކި މަރުހަލާތައް ދެނެގަނެ، ނިދީގެ ފެންވަރު ވަޒަންކޮށްދޭނެއެވެ. މި ފީޗާ ތަރައްގީކޮށްފައި ވަނީ އެޕަލް ސްލީޕް ސްޓަޑީގެ ދަށުން ފަސް މިލިއަން ރޭގެ ނިދި ދިރާސާކޮށްގެންނެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ”ލޭގެ ޕްރެޝަރު މޮނިޓަރިން“ ފީޗާ މި ވޮޗްގައި ހިމެނޭއިރު، މީގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުންފަދަ ކަންކަން ދެނެގަތުމަށް އެހީތެރިވެދޭނެއެވެ. އަދި އާ ވޮޗް އޯއެސް 11 އާއެކު ރޭގަނޑުގެ ނިދީގައި ހަށިގަނޑުގެ މުހިންމު މައުލޫމާތުތައް ބަލައި، ދުވަހުގެ ސިއްހީ ހާލަތު ދެނެގަތުމަށް ފަސޭހަވާނެއެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައްވެސް މި ފީޗާއިން ދައްކުވައިދޭނެއެވެ.

ކަނެކްޓިވިޓީ އާއި ބާރު:
އެޕަލް ވޮޗް ސީރީސް 11 ގައި މުޅިން އާ ޕްރޮސެސަރެއް ބޭނުންކޮށްފައިވުމުގެ އިތުރުން، 5ޖީ ސެލިއުލާ ޓެކްނޮލޮޖީވެސް ހިމަނާފައިވެއެވެ. މީގެ ސަބަބުން ވޮޗްގެ ސްޕީޑް އަދި ކަނެކްޝަންގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. އަދި ކުރިއަށްވުރެ އަވަހަށް ޗާޖުކުރެވޭނެ ފީޗާއެއްވެސް ހިމަނާފައިވެއެވެ.

އެޕަލްގެ އެއާޕޮޑްސް ޕްރޯ 3 ތައާރަފްކޮށްފި

އެޕަލްއިން ރޭ ބޭއްވި އިވެންޓްގައި، އެ ކުންފުނީގެ އައު އީޖާދެއް ކަމަށްވާ އެއާޕޮޑްސް ޕްރޯ 3 ވެސް ތައާރަފްކޮށްފައިވެއެވެ. މި އީޖާދާއެކު އަޑުއިވުމުގެ ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް އެޕަލްއިން ބުނެއެވެ.

އަޑުގެ ފެންވަރާއި އާ ފީޗާސްތައް:
އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި، އެއާޕޮޑްސް ޕްރޯ 3 ގެ އެކްޓިވް ނޮއިސް ކެންސަލޭޝަން ސިސްޓަމަކީ އެއާޕޮޑްސް ޕްރޯ 1 އަށްވުރެ ހަތަރު ގުނަ ރަނގަޅު އަދި އެއާޕޮޑްސް ޕްރޯ 2 އަށްވުރެ ދެގުނަ ރަނގަޅު ސިސްޓަމެކެވެ. މިއީ އިން-އިއާ ވައިރަލެސް ހެޑްފޯނުތަކުގެ ތެރެއިން މިހާތަނަށް އުފައްދާފައިވާ އެންމެ ރަނގަޅު ނޮއިސް ކެންސަލޭޝަން ކަމަށް އެޕަލްއިން ދަޢުވާކުރެއެވެ.

އަޑުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި، މި އައު އެއާޕޮޑްސް ޕްރޯ 3 ގައި ވަނީ އާ އެއާފްލޯ ސިސްޓަމެއް ތައާރަފުކޮށްފައެވެ. މީގެ އިތުރުން، އެޕަލް އިންޓެލިޖެންސްގެ އެހީގައި ލައިވް ޓްރާންސްލޭޝަންގެ ޚިދުމަތް މި އެއާޕޮޑްސް ޕްރޯ 3 ގައި ހިމެނެއެވެ. މިކަމުގެ ސަބަބުން، އެހެން މީހުންގެ އަޑު އިވޭނެ ގޮތް އިތުރަށް ތަބީއީވެ، މުއާމަލާތްކުރުން ފަސޭހަވެގެންދާނެ ކަމަށް ވެސް އެޕަލްއިން ފާހަގަކުރެއެވެ.

ދުނިޔޭގެ އެންމެ މޮޅު ހެޑްފޯނުތަކުގެ ތެރޭގައި ހިމެނޭ މި އެއާޕޮޑްސް ޕްރޯއަކީ، އާންމުކޮށް އަޑުއިވުމުގެ ގޮތުން ދަތިކަން ހުންނަ ފަރާތްތަކަށްވެސް ވަރަށް ބޮޑު އެހީއެއް ލިބޭނެ އީޖާދެއް ކަމަށް އެޕަލްއިން ބުނެއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ، އެއާޕޮޑްސް ޕްރޯ 3 އަކީ ހަގީގަތުގައި ވެސް ހައިރާންކުރުވަނިވި އީޖާދެއް ކަމަށެވެ. އަދި މި ހެޑްފޯނުތަކަކީ އެޕަލްގެ އެހެނިހެން އުފެއްދުންތަކާއެކު ފަސޭހަކަމާއެކު މަސައްކަތްކުރާނެ އަދި އަޑުގެ ފެންވަރުގައި އާ ބެންޗްމާކެއް ގާއިމުކުރާނެ އުފެއްދުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި އާ އެއާޕޮޑްސް ޕްރޯ 3 އާއެކު، އެޕަލްއިން އަޑުއިވުމުގެ ޓެކްނޮލޮޖީގައި އާ ހަމަތަކެއް ގާއިމުކޮށްފިކަން ސާފުވެއެވެ.

މި އައު އުފެއްދުންތަކަކީ ދުނިޔޭގެ ޓެކްނޮލޮޖީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް ގެނުވައި، ބޭނުންކުރާ ފަރާތްތަކަށް މުޅިން އާ ތަޖުރިބާތަކެއް ހޯދައިދޭނެ ކަމަށް އެޕަލްއިން އުންމީދުކުރެއެވެ. މިހާރު މި އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބާޒާރުތަކަށް ނެރެން ފަށާފައިވާކަމަށް އެޕަލްއިން ވަނީ ހާމަކޮށްފައެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily