DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ހިކެން ބޭނުންނަމަ މި ފަސް ބާވަތުގެ މޭވާ ބޭނުން ކުރޭ!

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
ސެޕްޓެމްބަރ 11, 2025
0
ހިކެން ބޭނުންނަމަ މި ފަސް ބާވަތުގެ މޭވާ ބޭނުން ކުރޭ!
0
SHARES
959
VIEWS
Share on FacebookShare on Twitter

ފަލަބަލި ޖެހުމަކީ ނުވަތަ ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވެފައި ހުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިކުރުވަމުން އަންނަ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަށް ބޭނުންވާ ގިނަ ބަޔަކު ވަނީ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށާއި ބަރުދަން ލުއި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ފަށާފަ އެވެ. މިގޮތުން، ތަފާތު ވައްތަރުގެ ކާނާތަކަށް ސަމާލުކަންދީ، ކަސްރަތު ކުރާ މީހުން ދުވަހުން ދުވަހަށް ގިނަވަމުންދާކަން ފާހަގަ ކުރެވެ އެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް، މޭވާގެ ބައެއް ބާވަތްތައް ބޭނުންކުރުމަކީ ވަރަށް ފަސޭހައިން އެކަން ކުރެވިދާނެ ގުދުރަތީ ގޮތެކެވެ. މޭވާގައި ގުދުރަތީ ހަކުރު އެކުލެވިފައި ހުންނާތީ، ފޮނި އެއްޗެތި ކާހިތްވާ ވަރު ކުޑަވުމަކީ މޭވާ ކެއުމުން ލިބޭ މުހިއްމު ފައިދާއެކެވެ. އާއްމުކޮށް ގިނަ ބަޔަކު ފަލަވާން ދިމާވާ އެއް ސަބަބަކީ ފޮނި އެއްޗެތި ގިނައިން ކެވޭތީ ކަމަށް ބުނެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް މޭވާގެ ދެތިން ބާވަތެއް ކޮންމެވެސް ވަރަކަށް ބޭނުންކުރުމުން، މިކަން ކުޑަކޮށް، ބަރުދަން ލުއިކުރުމަށް އިތުރު ބާރެއް ލިބޭނެ އެވެ.

ނަމަވެސް، ބަރުދަން ލުއިކުރުމަށްޓަކައި ކާނީ ކޮންކަހަލަ މޭވާތަކެއްތޯ ހިޔާރުކުރުން ވަރަށް މުހިއްމެވެ. ސަބަބަކީ، އެއްބައި މޭވާއަކީ ބަރުދަން ލުއިކުރަން އެހީތެރިވާ އެއްޗަކަށް ވާއިރު، އަނެއްބައި މޭވާއިން މިކަމަށް އެހީތެރިކަމެއް ނުލިބޭނެތީ އެވެ. އެހެންކަމުން، ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަރާތްތަކަށް އެންމެ ރަނގަޅު ފަސް ބާވަތުގެ މޭވާ ތިރީގައި މިވަނީ އެވެ.

  1. އޮރެންޖް
    ހިކެން ބޭނުންވާ މީހުންނަށް ކާން އެންމެ ރަނގަޅު އެއް މޭވާއަކީ އޮރެންޖެވެ. ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މި މޭވާއެއްގައި ގާތްގަނޑަކަށް ހަތަރު ގްރާމް ފައިބަރާއި 72 ކެލޮރީ ހުރެއެވެ. މިއީ އަނގަޔަށް މީރު މޭވާއެއްގެ އިތުރުން ސޮލިއުބަލް ފައިބަރު ގިނަ އެއްޗަކަށް ވާތީ ކާހިތްވާވަރު ކުޑަވާނެ އެވެ. މި ސޮލިއުބަލް ފައިބަރަކީ ބަނޑުހައިވާކަން އިހުސާސް ކުރުވާ ހޯމޯންސް އުފައްދާ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.
  2. އާފަލް
    ދެވަނައަށް އެންމެ ރަނގަޅު މޭވާއަކީ އާފަލެވެ. ”ދުވާލަކު އާފަލެއް ކައިގެން ޑޮކްޓަރާ ދުރުގައި ހުރެވިދާނެ“ ކަމަށް ބުނާ މުހާވަރާއެއް އޮވެއެވެ. އާފަލުގައި ހަމަ ހަގީގަތުގައި ވެސް އެހާ ގިނަ ފައިދާ އެކުލެވެއެވެ. ހެޔޮވަރުވަރެއްގެ އާފަލެއްގައި 100 ކެލޮރީޒް ހުންނާނެ އެވެ. އާފަލަކީ ސޮލިއުބަލް ފައިބާޒް ލިބޭނެ ރަނގަޅު ވަސީލަތެކެވެ. މި ސޮލިއުބަލް ފައިބަރަކީ ބަނޑުގައި ހުންނަ ސަރުބީ ވިރުވާލަން ވަރަށް މުހިއްމު އެއްޗެކެވެ.
  3. ފެޝަން ފުރުޓް (ޖުމްހޫރީ މޭވާ)
    ފެޝަން ފުރުޓް ނުވަތަ ޖުމްހޫރީ މޭވާއަކީ ވެސް ބަރުދަން ލުއިކުރަން އެހީވެދޭނެ މޭވާއެކެވެ. ވީހާވެސް ކެލޮރީ މަދު މޭވާއެއް ކާން ބޭނުންވާނަމަ ފެޝަން ފުރުޓަކީ އެންމެ ރަނގަޅު މޭވާ ކަމަށް ބަލާށެވެ. ވިޓަމިން ސީ އާއި ވިޓަމިން އޭ އިން މުއްސަނދިވެފައިވާ މި ބާވަތުގެ މޭވާގައި ހުންނަނީ އެންމެ 18 ކެލޮރީ އެވެ. ޖުމްހޫރީ މޭވާގައި ޕައިސިއެޓެނޯލް ކިޔާ ކަމްޕައުންޑެއް އެކުލެވިގެން ވެއެވެ. މިއީ ލޭގެ ޕްރެޝަރު ހަމަޔަކަށް އަޅުވާލަދިނުމުގެ އިތުރުން އިންސިއުލިން ސެންސިޓިވިޓީ ވެސް ކުޑަކޮށްދޭ ކަމްޕައުންޑެކެވެ. މި މޭވާ ކެއުމުން ބަރުދަން ލުއިކުރަން އެހީ ލިބެނީ މި ސަބަބުތަކާ ހުރެ އެވެ.
  4. ދޮންކެޔޮ
    ހަތަރު ވަނަޔަށް އެންމެ ރަނގަޅީ ދޮންކޭލެވެ. ދޮންކޭލަކީ ވަރަށް އަވަހަށް ބަނޑުފުރޭ އެއްޗެކެވެ. ދޮންކެޔޮ ކާއިރު މާ ގިނައިން ކެލޮރީޒް އިތުރުވެދާނެ ކަމަށް ހާސް ނުވާށެވެ. ދޮންކެޔޮވަކެއްގައި ހުންނަނީ ގާތްގަނޑަކަށް 112 ކެލޮރީޒް އެވެ. މިއީ ކަސްރަތުކުރާ މީހުން ކަސްރަތަށް ފެށުމުގެ ކުރިން ކާލަން ވަރަށް ރަނގަޅު މޭވާއެކެވެ. ދޮންކެޔޮ ވަކެއްގައި ތިން ގްރާމް ފައިބަރު ހުރެ އެވެ. މިއީ ގައިގެ ހަކަތަ އިތުރު ކުރުމަށާއި ބަރުދަން ލުއިކޮށްލުމަށް ރަނގަޅު މޭވާއެކެވެ.
  5. ގްރޭޕްފުރުޓް
    އެންމެ ފަހުން މި ލިސްޓުގައި އޮތީ ގްރޭޕްފުރުޓެވެ. ބަރުދަން ލުއިކުރަން ގްރޭޕްފުރުޓްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭނެ އެވެ. ސަބަބަކީ ގްރޭޕްފުރުޓެއްގެ އެއް ފަޅީގައި ހުންނަނީ 65 ކެލޮރީޒް އެވެ. އެއް ދިރާސާއެއް ބުނާ ގޮތުގައި ކެއުމުގެ ކުރިން ގްރޭޕްފުރުޓެއް ކާލުމުން ނުވަތަ އޭގެ ޖޫސް ނަގައިގެން ބޯލުމުން ބަރުދަނުން 7.1 ޕަސެންޓް ލުއިކުރެވެ އެވެ. އެހެންވެ ބަރުދަން ލުއިކުރުމުގެ ދަތުރުގެ ބައިވެރިޔަކަށް ގްރޭޕްފުރުޓް ރަނގަޅުވާނެ އެވެ.

މި ފަސް ބާވަތުގެ މޭވާ ދުޅަހެޔޮ ކެއުމުގެ ތެރޭގައި ހިމެނުމަކީ ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި ގުދުރަތީ ގޮތެއްކަމުން، ސިއްހީ ގޮތުން އިތުރު މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަވެގެންދާނެ އެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily