DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް

މުހައްމަދު އާސިފް by މުހައްމަދު އާސިފް
ސެޕްޓެމްބަރ 12, 2025
0
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
0
SHARES
58
VIEWS
Share on FacebookShare on Twitter

ފަލަސްތީނުގައި މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމު ކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށް ވިދާޅުވި ވިދާޅުވުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.

ހަމާސް ޖަމާއަތުގެ ބައިވެރިވުން ނޯންނަ ގޮތަށް ފަލަސްތީނުގައި ދައުލަތެއް އުފެއްދުމަށް ހަދާފައިވާ ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން އަށް ތާއީދުކުރުމަށް އދ. ގެ އާންމު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

މި ގަރާރަށް އދ. ގެ 193 މެންބަރު ގައުމުގެ ތެރެއިން 142 ގައުމަކުން ވަނީ ތާއީދުކޮށްފައެވެ. 10 ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓު ދީފައިވާއިރު، ވަކި ކޮޅަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ނިންމީ 12 ގައުމަކުންނެވެ.

ސުލްހަވެރި ގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކޮށް، މިނިވަން ދައުލަތެއް ގާއިމުކޮށް، ތަންފީޒު ކުރުމާ ގުޅޭ މި ގަރާރު ފާސްކުރުމަށް ރާއްޖެއިން ވެސް ވަނީ ވޯޓު ދީފައެވެ.

މި ގަރާރު ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ގަރާރަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ވަރަށް މުހިންމު ގަރާރެއް ކަމަށެވެ.

1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި، ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ވަކާލާތު ކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިއަދު ފާސްކުރި ގަރާރަކީ މިދިޔަ ޖުލައި މަހުގެ 28 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ސަޢޫދީ ޢަރަބިއްޔާއާއި، ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަންގެ ނަތީޖާ ޑޮކިއުމަންޓެވެ.

މި ގަރާރުގައި މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ބައިވެރިވުމެއް ނެތް ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށެވެ.

މީގެއިތުރުން ހަމާސްއިން ބާރު ދޫކޮށްލައި، ހަތިޔާރު ބަހައްޓައި، ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) އަށް ޣައްޒާގައި ވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށް ވެސް ގަރާރުގައި ގޮވާލައިފައިވެއެވެ.

މި ގަރާރުގައި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ ”ސްޓެބިލައިޒޭޝަން މިޝަން“ އެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވެސް ކަނޑައަޅައިފައެވެ.

ސްޓެބިލައިޒޭޝަން މިޝަންގެ މަގުސަދަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެހީތެރިވުމާއި، ސަލާމަތީ ޒިންމާތައް އަދާކުރުމުގައި ފަލަސްތީން އޮތޯރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ނިއުޔޯކް ޑެކްލަރޭޝަން ބަލައިގަންނަން ފާސްކޮށްފައި މިވަނީ މި މަހުގެ 22 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު ބައްދަލުވުމުގެ ކުރިންނެވެ.

އދ. ގެ އާންމު ބައްދަލުވުމުގައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ވިދާޅުވެފައެވެ.

ފަރަންސޭސިވިލާތުގެ އިތުރުން، އިނގިރޭސިވިލާތާއި، ބެލްޖިއަމާއި، މޮލްޓާއާއި، ކެނެޑާއިން ވެސް ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފައެވެ.

ނިއުޔޯކް ޑެކްލަރޭޝަންއާ ދެކޮޅަށް ވޯޓު ދިން އިޒްރޭލުން އިއްޔެ ވަނީ ގުދުސްއާ ޖެހިގެން، ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއްގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި މަސައްކަތްތައް ފަށާފައެވެ.

އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރިޔަ ނުދޭނެ ކަމަށް ބުނެ، އިންޒާރުދީފައެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒުފަލަސްތީނު

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ސެޕްޓެމްބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily