DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް

ޙަސަން ސަޢީދު by ޙަސަން ސަޢީދު
ސެޕްޓެމްބަރ 16, 2026
0
ޕާޓީ މަސްލަހަތަށްވުރެ ޤައުމު އިސްކުރަންޖެހޭ: ރައީސް
0
SHARES
12
VIEWS
Share on FacebookShare on Twitter

ޤައުމަށް ޙަޤީޤީ ތަރައްޤީއާއި ދެމެހެއްޓެނިވި ހަމަޖެހުން ގެނައުމަށްޓަކައި ޕާޓީތަކުގެ ޒާތީ މަސްލަހަތު އެއްކިބާކޮށް، ޤައުމީ މަސްލަހަތު އިސްކޮށްގެން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ މަތީ މަޖިލީހުގެ މަސައްކަތްތައް ފެށުމުގެ ގޮތުން ބޭއްވި އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ޕީއެންސީ މިހާހިސާބަށް ގެނައުމުގައި މެންބަރުން ކޮށްދެއްވި ބުރަ މަސައްކަތްތަކާއި އަދާކޮށްދެއްވި އަގުހުރި ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދާދިފަހުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާއަށް ޚާއްޞަކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޖަލްސާގައި އިއްވަވައިދެއްވާފައެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އެ ޕާޓީން އަބަދުވެސް ގެންގުޅޭ ”ޤައުމު އިސްކުރުމުގެ“ މަތިވެރި ފަލްސަފާގެ މައްޗަށެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މައިދާން މިހާތަނަށް ދެކެފައިވާ ކަންކަމަށް ބަލާއިރު، ބައެއް ފަރާތްތަކުގެ މެދުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ސިޔާސީ މަސައްކަތަކީ ”ހަޑި“ މަސައްކަތެއްގެ ގޮތުގައި ތަޞައްވުރު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ޤައުމު އިސްކޮށްގެން މަސައްކަތް ކޮށްފިނަމަ އެ ނޭދެވޭ ތަޞައްވުރު އެކީގައި ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި އެކި ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، ޤައުމަށް ގެއްލުންވާ ގޮތަށް ގަސްތުގައި ނޫންނަމަވެސް ބައެއް ކަންކަން ކުރެވެމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ:

”އެޔަކު ނޯންނާނެ ޤައުމު ދޫކޮށްލާފައި ޕާޓީއަށް ފައިދާވާން ހުރި ކަންކަމޭ ކިޔާފައި. އަޅުގަނޑުމެންގެ ހިތާމައަކީ ބައެއް ޕާޓީތަކުން ވިސްނާނުލެވި ވެރިކަމުގައި އޮތް ޕާޓީއަށް ގެއްލުމެއް ދިނުމަށްޓަކައި، އިދިކޮޅު ބޭފުޅުން ޤައުމަށް ގެއްލުންވާ ގޮތުގައި ކަންކަން ކުރެވޭތީ. އެއީ ގަސްތުގައި ކުރާ ކަންކަމަށް ޤަބޫލެއް ނުކުރެވޭ. އަޅުގަނޑު އެންމެންގެ ކިބައިން އެދެނީ ސިޔާސީ ގޮތުން ކޮންމެ ފިކުރެއްގައި އޮތް ކަމުގައިވިޔަސް ހަނދާން ކުރަންވީ އަޅުގަނޑުމެންނަކީ ދިވެހިންކަން.“

މީގެ އިތުރުން ރައީސް ވިދާޅުވީ، ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކާއި މަސައްކަތްތަކުގައި ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް އެ އަމާޒަށް ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ މަސައްކަތްތައް ކުރުމުގައި އެންމެ ރަނގަޅު ގޮތްތައް ބަޔާންކޮށް، ފާޑުކިޔުންތައް އަމާޒުކުރުމަކީ ޒިންމާދާރު ގޮތެއްގައި ސިޔާސީ މަސައްކަތް ކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ތަރައްޤީގެ ދާއިރާގައި ހުރިހާ ސިޔާސީ ޕާޓީތަކުންވެސް މައިގަނޑު ގޮތެއްގައި އިސްކަންދެނީ ލޮލަށް ފެންނަ، އަތްލެވޭ ތަރައްޤީއަށް ކަމަށާއި، ނަމަވެސް އެގޮތަށް ކަންކަން ކުރަމުން އައުމުގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ފޭރާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހުރިހާ ދާއިރާއެއް ހިމެނޭހެން ވަށާޖެހޭ ތަރައްޤީއެއް ގެނެސްދީ މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށާއި، އެކަމުގައި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

”މި ޕާޓީގެ ފަލްސަފާގައި މަސައްކަތް ކުރެވޭ ކަމަށްވަންޏާ ވަށާޖެހޭ ގޮތަށް ތަރައްޤީ ގެނެވޭނެ. އަޅުގަނޑު އެކަނި ވާހަކަ ދައްކައިގެން މިކަން ނުވާނެ. އަޅުގަނޑުމެން މިވަނީ އިޚްތިރާމް އަދާކުރުމުގެ ކެމްޕެއިނެއްވެސް ފަށާފައި. ހިތާމަވެރި ކަމަކީ އަޅުގަނޑުމެން ފިޔަވާ އެހެން ސިޔާސީ ޕާޓީއެއް ބައިވެރި ނުވޭ. އެއީ ކީއްވެތޯ؟ ހިނގާށޭ އެންމެން އެކައްޗެއް ކިޔަން،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާއެކު، ޕީއެންސީގެ ފަލްސަފާގެ ތެރެއިން ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސިޔާސީ ލީޑަރުންނަށް މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ފަހިކޮށްދީ، މި ސަރުކާރުން އެއްވެސް ސިޔާސީ ވެރިޔަކު މިހާތަނަށް ޖަލަށް ލާފައި ނުވާނެކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އަދި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާޓީގެ އިތުރުން ސަރުކާރުގެ ހުރިހާ މަސައްކަތްތަކެއްވެސް ބިނާވެގެންދާނީ މި ހަރުދަނާ ފަލްސަފާގެ މައްޗަށް ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Tags: ރައީސް ޑރ. މުހައްމަދު މުއިއްޒު

Related Posts

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

މިއަހަރު ނިމެންވާއިރު އެސްއޯއީތައް ރީސްޓްރަކްޗާ ކުރެވޭނެ: ރައީސް

ސެޕްޓެމްބަރ 26, 2026
ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ޗައިނާ އެފްޓީއޭއިން ވިޔަފާރީގެ ފުރުޞަތު ފަހިވާނެ: ރައީސް

ސެޕްޓެމްބަރ 24, 2026
ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

ސެޕްޓެމްބަރ 17, 2026
ދިވެހިން ހާސިލުކުރި ކޮންމެ ނަސްރެއްގެ އަސްލަކީ އިސްލާމްދީން: ރައީސް

ދިވެހިން ހާސިލުކުރި ކޮންމެ ނަސްރެއްގެ އަސްލަކީ އިސްލާމްދީން: ރައީސް

ސެޕްޓެމްބަރ 12, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily