DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ހިކެންބޭނުންވާ މީހުން ކާން އެންމެ ރަނގަޅީ މި ވައްތަރުގެ ރޮށި!

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
ސެޕްޓެމްބަރ 14, 2025
0
ހިކެންބޭނުންވާ މީހުން ކާން އެންމެ ރަނގަޅީ މި ވައްތަރުގެ ރޮށި!
1
SHARES
1.1k
VIEWS
Share on FacebookShare on Twitter

ރޮށްޓަކީ ދިވެހިން ކޮންމެ ދުވަހަކުހެން ކާން ބޭނުންކުރާ މައިގަނޑު ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ބައެއް މީހުންނަކީ ކާ ކޮންމެ އިރަކު ރޮށި ނޫން އެހެން އެއްޗެއް ނުކެވޭ ބަޔަކަށްވާއިރު، ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް ރޮށި ނުކައި ނުތިބެވޭ ދިވެހިން އަހަރެމެންގެ ތެރޭގައި ގިނައެވެ. އާންމުކޮށް ރޮށި ފިހެން ބޭނުން ކުރަނީ ގޮދަން ފުށެވެ. ނަމަވެސް ބައެއް ގޭގޭގައި އާޓާ ފުށުންވެސް ރޮށި ފިހެގެން ކައިއުޅެއެވެ.

ހަށިގަނޑު ހިއްކައި، ސިއްހަތަށް ފައިދާހުރި ގޮތަކަށް ބަރުދަން ދަށްކުރަން ބޭނުންނަމަ، ކެލޮރީސް މަދު ކާނާ ބޭނުންކުރުން ވަރަށް މުހިންމެވެ. އަހަރެމެން ކައިއުޅޭ ގޮދަން ފުށުގެ ރޮށީގައި ގިނަ އަދަދަކަށް ކެލޮރީސް ހުރެއެވެ. އެހެންކަމުން ހިކެން ބޭނުންވާ މީހުން އެއްގޮތަކަށްވެސް ގޮދަން ފުށުގެ ރޮށި ކެއުން ރަނގަޅެއް ނޫނެވެ. ބަރުދަން ކޮންޓްރޯލް ކުރުމަށްޓަކައި ރޮށި ކެއުމުން މަހުރޫމް ނުވެ، ސިއްހަތަށް ފައިދާހުރި އަދި ކެލޮރީސް މަދު ރޮށިތައް ތައްޔާރުކޮށްގެން ކެވިދާނެއެވެ.

ތިރީގައި މިވަނީ ހިކެން ބޭނުންވާ މީހުން ކާން އެންމެ ރަނގަޅު ރޮށީގެ ބާވަތްތަކާއި އެ ތަކެތި ތައްޔާރުކުރާނެ ގޮތްތަކުގެ މައުލޫމާތެވެ.

1. ސަނާމުގު ރޮށި
ސަނާމުގަކީ ޕްރޮޓީން ވަރަށް ގިނަ، އަދި ބަނޑުހައި ނުވެ ގިނައިރު މީހާ ހިފަހައްޓާލަދޭ ކާނާއެކެވެ. އެހެންކަމުން މިއީ ސިއްޙަތަށް ފައިދާހުރި އަދި ހިކެން ބޭނުންވާ ފަރާތްތަކުން ބޭނުންކުރުމަށް ވަރަށް އެކަށީގެންވާ އެއްޗެކެވެ. ސަނާމުގު މިކްސްޗަރުން މުގުރައިގެން ޕައުޑަރ ތައްޔާރުކުރުމަށްފަހު މަލްޓިގްރެއިން ފުށާއި މިކްސް ކޮށްގެން ރޮށި ފިހެގެން ކާށެވެ. މި ރޮށިން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، އެކުލެވޭ ފައިބަރގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުހެލިވުމަށްވެސް އެހީތެރިވެދެއެވެ.

2. އަލްމަންޑް ރޮށި
އަލްމަންޑަކީ ނިއުޓްރިޝަން ހައި އެއްޗަކަށްވެފައި ސިކުނޑިއަށް ވަރަށް ފައިދާހުރި ކާނާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ފަލަ ބައްޔާ ގުޅިފައިވަނީ މެޓަބޮލިޒަމް ޑިޒޯޑަރގެ ސަބަބުތަކެވެ. އަލްމަންޑް ކެއުމަކީ މިކަމަށް އެހީވެދޭ ކަމެކެވެ. ހިކެން ބޭނުންވާ މީހުން އަލްމަންޑް ހިމުންކޮށް މުގުރާފައި މަލްޓިގްރެއިން ފުށާއި މިކްސް ކޮށްގެން ރޮށި ފިހެގެން ކާށެވެ. މި ރޮށީގައި ހުންނަ ހެލްތީ ފެޓްސް އާއި ވިޓަމިންސްގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާއެއް ކުރެއެވެ.

3. އޯޓްސް ރޮށި
އޯޓްސް އަކީ ހިކެން ބޭނުންވާ މީހުން ކެއުމުގައި ބޭނުންކުރަން އެންމެ ރަނގަޅު އެއްބާވަތެވެ. އޭގައި ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް، ފައިބަރ އަދި ކާބޯހައިޑްރޭޓްސް ހިމެނެއެވެ. އޯޓްސް ހިމުންކޮށް މުގުރާފައި ކުޑަ މަލްޓިގްރެއިން ފުށްކޮޅަކާ އެއްކޮށްފައި، އިތުރަށް މީރުކުރަން ބޭނުން ނަމަ ފިޔާ، މިރުސް، ކޮރިއަންޑާ ފަދަ އެއްޗިހި އެޅުމަށްފަހު ރޮށި ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު ކެއުމުގައި ބޭނުން ކުރާށެވެ. އޯޓްސް ރޮށި އަކީ ކޮލެސްޓެރޯލް ދަށްކުރުމަށްވެސް އެހީވެދޭ ބާވަތެކެވެ.

ފަލަ ވެއްޖެނަމަ ހިކުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް ހިތްވަރާ އަޒުމަކާ އެއްކޮށް ކެއުމަށް ބަދަލުގެނެސްގެން އަދި ކަސްރަތުކޮށްގެން ހިކުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. އަވަހަށް ހިކެން ބޭނުން ނަމަ މޭވާގެ ބާވަތްތަކުން ލިބޭ ގުދުރަތީ ހަކުރުގެ މިންވަރު އެކަނި ބޭނުންކުރުންވެސް ވަރަށް މުހިންމެވެ. ޑައެޓް ކުރަން ފެށުމާއެކު ފޮނި ކާ އެއްޗިއްސާ ދުރުވެ، އެއްގޮތަކަށްވެސް ހަކުރު ބޭނުން ނުކުރުމުންވެސް ވަރަަށް އަވަހަށް ނަތީޖާ ފެނިގެންދާނެއެވެ. މީގެއިތުރުން، އުމުރުން ދުވަސްވާ ވަރަކަށް ކެލޮރީޒް ހަށިގަނޑަށް އިތުރުކުރާ ވަރު މަދުކުރަންޖެހޭނެއެވެ. އޭރުން ހަކުރު ބައްޔާއި ހިތުގެ ބަލިތައް އަދި ކެންސަރު ފަދަ ބަލިތައް އުމުރުން ދުވަސްވާ ވަރަކަށް ޖެހުމުގެ ނުރައްކާ ކުޑަވާނެއެވެ. ހަށިގަނޑުގެ ސިއްހަތަށް ސަމާލުކަން ދިނުމަކީ ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް މުހިއްމު ކަމެކެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily