DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ހަންގަނޑުގައި ކަޅުވެފައި ހުންނަ ސަރަހައްދުތަކަށް ގެއިން ފަރުވާ ދެވޭނެ ގޮތްތައް

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 15, 2025
0
ހަންގަނޑުގައި ކަޅުވެފައި ހުންނަ ސަރަހައްދުތަކަށް ގެއިން ފަރުވާ ދެވޭނެ ގޮތްތައް
0
SHARES
813
VIEWS
Share on FacebookShare on Twitter

އޭޝިއާ ބައްރުގެ މީހުންނަށް އާންމުކޮށް ދިމާވާ ހަންގަނޑު ކަޅުވުމުގެ މައްސަލައަކީ ގިނަ ބަޔަކު ކުރާ ފިކުރެކެވެ. ޚާއްސަ ގޮތެއްގައި އުޅަބޮށްޓާއި ކިހިލިފަތް، އަދި އުކުޅުވަޅު ފަދަ ހަށިގަނޑުގެ ވަކިވަކި ސަރަހައްދުތައް ކަޅުވުމަކީ ގިނަ ފަހަރު ލަދުގަންނަ ކަމެއްގެ ގޮތުގައި ފެންނަ މައްސަލައެކެވެ. މިފަދަ ހާލަތްތަކުގައި ޑޮކްޓަރަށް ދައްކަން ލަދުގަންނަ މީހުންނަށް ގެއިން ފަސޭހައިން ފަރުވާ ދެވޭނެ ބައެއް ގޮތްތައް މިވަނީ ހުށަހަޅާފައެވެ.

ހަމުގެ ޑޮކްޓަރުން ބުނާގޮތުގައި ހަންގަނޑު ކަޅުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހޯމޯނަލް އިންބެލެންސްއާއި، ހަންގަނޑަށް ދިމާވާ އެހެން މައްސަލަތަކުގެ އިތުރުން ފަލަވުން ހިމެނެއެވެ. މިފަދަ ސަބަބުތަކާ ގުޅިގެން ހަންގަނޑުގައި ކަޅުކަން އުފެދުމަކީ ދިވެހިރާއްޖެ ފަދަ އޭޝިއާގެ ގައުމުތަކުގައި ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ.

ކަޅުވެފައި ހުންނަ ހަންގަނޑު އަލިކުރުމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާތައް ތިރީގައި މިވަނީއެވެ.

1. ކާށިތެޔޮ އަދި ލުނބޯ ހުތް:
ހަންގަނޑުގައި ކަޅުވެފައިވާ ސަރަހައްދު އެންމެ ފަސޭހައިން އަލިކޮށްލެވޭނެ އެއް ގޮތަކީ ލުނބޮލުގެ ހުތް ބޭނުންކުރުމެވެ. ލުނބޯއަކީ އޭގައި ގިނައަދަދަކަށް ވިޓަމިން ”ސީ“ އެކުލެވޭ އެއްޗެއް ކަމުން، ހަންގަނޑު އަލިކުރުމަށް ވަރަށް ރަނގަޅެވެ. ލުނބޯ ހުތާއި ކާށިތެޔޮ އެއްކުރުމަށްފަހު، ހަންގަނޑުގައި ކަޅުވެފައިވާ ސަރަހައްދުގައި އުނގުޅާލާށެވެ. 10-15 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ކަޅުކަން ފިލައިގެން ދަންދެން މިފަރުވާ ބޭނުންކުރެވިދާނެއެވެ.

2. ބޭކިންގ ސޮޑާ:
ބޭކިންގ ސޮޑާއާއި ފެންފޮދެއް އެއްކޮށް ޕޭސްޓެއް ތައްޔާރުކުރުމަށްފަހު، ކަޅުވެފައިވާ ސަރަހައްދުގައި އުނގުޅާށެވެ. 10-15 މިނެޓްފަހުން ދޮވެލާށެވެ. ބޭކިންގ ސޮޑާއަކީ ބާރުގަދަ މާއްދާއެއް ކަމުން، ހަންގަނޑުގައި އުނގުޅުމުގެ ކުރިން ކުޑަ ތަނެއްގައި ޓެސްޓްކޮށްލުން ރަނގަޅުކަމަށް ހަމުގެ އެކްސްޕާޓުން އިރުޝާދު ދެއްވައެވެ.

3. އަލޮވެރާ:
އަލޮވެރާއަކީ ހަންގަނޑުގެ މައްސަލަތަކަށް ޖާދޫއެއް ފަދަ އެއްޗެކޭވެސް ބުނެވިދާނެއެވެ. ހަންގަނޑުގައި ކަޅުވެފައިވާ ނުވަތަ ހަލާކުވެފައި ހުންނަ ތަންތަނަށް އަލޮވެރާ ޖެލްކޮޅެއް އުނގުޅާލުމުން، ހަންގަނޑު ރަނގަޅުވެ އަލިކޮށްދެއެވެ. ކަޅުވެފައި ހުންނަ ސަރަހައްދުގައި އަލޮވެރާ ޖެލްކޮޅެއް އުނގުޅާލުމަށްފަހު ހިކެންދެން ބަހައްޓާށެވެ. އަލޮވެރާގައި ހިމެނޭ ”އެލޮއިން“ އަކީ ހަންގަނޑު އަލިކޮށް ރީތިކޮށްދޭ މާއްދާއެކެވެ.

4. އަލުވި:
އަލުވީގައި ހިމެނޭ ”ކެޓެކޮލޭސް“ ކިޔާ މާއްދާއަކީ ހަންގަނޑު އަލިކޮށް ރީތިކޮށްދޭ މާއްދާއެކެވެ. އަލުއްވެއް ފޮތިކޮށްފައި ހަންގަނޑުގައި ކަޅުވެފައިވާ ސަރަހައްދުގައި އުނގުޅާށެވެ. 10 މިނެޓްވަންދެން އަލުވިފޮތިން ހަންގަނޑު މަސާޖްކުރުމަށްފަހު ދޮވެލާށެވެ.

ހަށިގަނޑުގައި ފޮރުވިފައިވާ ސަރަހައްދުތައް ކަޅުވުން ފަދަ ކަންކަން ދިމާވީމަ އަޅުގަނޑުމެންނަށް ގިނަ ފަހަރު ޑޮކްޓަރަށް ދެއްކުމަށް ދާންފަސްޖެހި އެވާހަކަ ދައްކަން ލަދުގަނެއެވެ. އެފަދަ ހާލަތެއްގައި މަތީގައި މިގެނެސްދެވުނު ރެމެޑީތައް ބޭނުންކޮށްގެން އަޅުގަނޑުމެން އަމިއްލައަށް ގޭގައި ފަރުވާދެވިދާނެއެވެ. ނަމަވެސް، މައްސަލަ އިތުރަށް ގޯސްވެ، މިފަދަ ފަރުވާތަކުން ނަތީޖާއެއް ނުލިބޭނަމަ، ހަމުގެ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily