DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ބަރުދަން ލުއިކޮށް ދެމެހެއްޓުމަށް އަންހެނުންނަށް މުހިންމު ޓިޕްސް

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ސެޕްޓެމްބަރ 30, 2025
0
ބަރުދަން ލުއިކޮށް ދެމެހެއްޓުމަށް އަންހެނުންނަށް މުހިންމު ޓިޕްސް
0
SHARES
306
VIEWS
Share on FacebookShare on Twitter

ބަރުދަން ލުއިކުރުމާއި ފިޓްކޮށް ހުރުމަކީ ޚާއްސަކޮށް އަންހެނުންނަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. އަވަދިނެތި އެތައް ކަމެއްކޮށް އެތައް ޒިންމާތަކެއް އުފުލަމުންދާއިރު، ސިއްހަތާއި ފިޓްނަސްގެ ލަނޑުދަނޑިތަކަށް އިސްކަންދޭން ވަގުތާއި ހަކަތަ ހޯދުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ދުވަހުގެ ކަންކަމަށް އާދައިގެ މަދު ބަދަލުތަކެއް ގެނެސްގެން ބަރުދަން ލުއިކުރުމާއި ފިޓްނަސްގެ ލަނޑުދަނޑިތަކާ ދިމާލަށް ދެވިދާނެ އެވެ.

މިއީ ބަރުދަން ލުއިކޮށް ފިޓްކޮށް ތިބުމަށް މަސައްކަތްކުރާ އަންހެނުންނަށް ނުހަނު ފައިދާ ހުރި ކަމެކެވެ.

ޕްލޭނެއް ހަދާށެވެ

އެއްވެސް ފިޓްނަސްގެ ކަމަކަށް ނުކުތުމުގެ ކުރިން ޕްލޭނެއް އެކުލަވާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ގަސްތުކުރުމަށްފަހު، އެ އެކަމަށްބޭނުންވާ ވޯކްއައުޓާއި ޑައިޓް ޕްލޭނެއް އެކުލަވާލާށެވެ. ތިމާގެ ޕްލޭނަކީ ޙަޤީޤީ ޕްލޭނެއް ކަމުގައި ހެދުމަށް، އެއީ ދުވަހުން ދުވަހަށް ކުރާ ކަންކަމާ ގުޅޭ ޕްލޭނެއްކަން ޔަޤީން ކުރަންވާނެއެވެ. އަދި އަޒުމުގެ މަތީގައި ދެމިހުރުމަށް ކުރިއެރުންތައް ގަވާއިދުން ނޯޓު ކުރަމުން ދިއުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ގައިގައި ވަރުޖެއްސުމުގެ ކަސްރަތު

ގައިގެ މަސްތައް ވަރުގަދަކޮށް ބުންވަރު އިތުރު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެއީ މުޅި ދުވަހު އިތުރު ކެލޮރީ އަންދާލުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހަފްތާއަކު މަދުވެގެން ދެތިން ފަހަރު ވޯކްއައުޓް ގަވާއިދުން ކުރަމުން ގެންދަންވާނެއެވެ. އޭގެތެރޭގައި ވަރު ޖެއްސުމުގެ ޓްރެއިނިން ހިމަނައި، ފައި، ބުރަކަށި، އަދި މޭމަތި ފަދަ ބޮޑެތި މަސަލްސް ތައް ހުންނަ ތަންތަނަށް ސަމާލުކަން ދޭށެވެ.

ބެލެންސް ކެއުމެއް ކާށެވެ

ބެލެންސް ކެއުމެއް ކެއުމަކީ ބަރުދަން ލުއިކުރުމާއި ޖުމްލަކޮށް ސިއްހަތަށް ވަރަށް މުހިންމު ކަމެކެވެ. މޭވާ، ތަރުކާރީ، ލީން ޕްރޮޓީންސް، އަދި ހޯލް ގްރޭންސް ފަދަ މުޅިން ނިއުޓްރިއެންޓް ގިނަ ކާނާ ކެއުމަށް ސަމާލުކަން ދޭށެވެ. ޕްރޮސެސްޑް އަދި ކެލޮރީ ގިނަ ކާނާ، ފޮނި ކާނާ އަދި ފްރައިޑް ކާނާ މަދު ކުރާށެވެ. މީގެ އިތުރުން ކެއުމުގައި އެކަށީގެންވާ ވަރަށް ފެނާއި ފައިބަރު ލިބެމުންދާކަން ޔަގީން ކުރަން ޖެހެ އެވެ.

މުޅި ދުވަހު ހަރަކާތްތެރިވާށެވެ

މުޅި ދުވަހު ހަރަކާތްތެރިވެ ހުރުމަކީ އިތުރު ކެލޮރީ އަންދާލުމަށާއި ހަކަތަ ލިބިފައި ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހިނގާލަން ނުވަތަ ސްޓްރެޗް ކުރުމަށް މުޅި ދުވަހު ގަވާއިދުން ހުސްވަގުތު ނަގާށެވެ. ޔޯގާ ނުވަތަ ގައިގައި ވަރުޖެހޭ ފަދަ ހަރަކާތްތައް ތިމާގެ ރޫޓިންގައި ހިމެނުމަށް ވިސްނާއިރު، މިއީ ފްލެކްސިބިލިޓީ ދެމެހެއްޓުމާއި ހަކަތަ އިތުރު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ނިދި ހަމަކުރާށެވެ

އެކަށީގެންވާ ނިދި ލިބުމަކީ ޖުމްލަ ސިއްހަތާއި ބަރުދަން ލުއިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިދި މަދުވުމަކީ ސްޓްރެސް ލެވެލް އިތުރުވެ، ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމެކެވެ. ރޭގަނޑަކަށް ހަތް ގަޑިއިރާއި އަށް ގަޑިއިރާއި ދެމެދުގެ ވަގުތަކު ނިދުމަށް އަމާޒު ހިފައި، އެއްގޮތަކަށް ނިދުމުގެ ޝެޑިއުލެއް ގާއިމްކުރާށެވެ

އެއްގޮތަކަށް ތިބޭށެވެ

ފިޓްނަސް ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެއްގޮތެއްގައި ދެމިހުރުމަކީ މުހިއްމު ކަމެކެވެ. ތިމާގެ ޕްލޭންގައި ހިފަހައްޓައިގެން ހުރިކަން ޔަގީންކޮށް، ލަނޑުދަނޑިތައް ހާސިލްވަމުން ދާކަން ޔަގީން ކުރަން ޖެހެ އެވެ. ކުރިއެރުމަށް ވަގުތު ނަގާނެކަން ހަނދާން ކުރާށެވެ. އެހެންކަމުން ކެތްތެރިވެ ގަދައަޅައި މަސައްކަތް ކުރާށެވެ.

ނިންމާލަމުން ދަންނަވާނަމަ ބަރުދަން ލުއިކުރުމާއި ފިޓްކޮށް ހުރުމަކީ ކަސްރަތުކުރުމާއި ދުޅަހެޔޮ ކާނާ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން އެކުލެވިގެންވާ ކަމެކެވެ. މި ސާދާ އިރުޝާދުތައް ދުވަހުގެ ކަންކަމުގައި ހިމަނައިގެން، ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރުމުން ކާމިޔާބު ލިބޭނެއެވެ. އެއްގޮތަކަށް، ކެތްތެރިކަމާއި، އެކު ކޮމިޓްވެތިބުމަށް ހަނދާން ކުރާށެވެ. އެބުރަ މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily