ކަޒަކްސްްތާނަން – އިންޑިއާއަށް އަދި މޮރިޝަސްއަށް – ލައްކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފިއެވެ.
މަސްއޫދު އިމާދު މ.ތުޅާގިރި، އައްޔަން ކުރަނީ މޮރިޝަސްއަށް ރާއްޖެއިން ކަނޑައަލާ ނޮން ރެޒިޑެންޓް ސަފީރު ކަމަށެވެ. މީގެ އިތުރުން އާއިޝަތު އަޒީމާ މ. ބިނާފުށި އައްޔަން ކުރަން ހަމަޖެހިފައިވަނީ، ކަޖަކިސްތާނުގައި ހުންނަވާ ނޮންރެޒިޑެޓް ސަފީރު ކަމަށެވެ.
މި ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް، މަޖިލީހުގެ ރުހުންހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުން، މަޖިލީހުގެ އަމީން އާއްމު، މިއަދުގެ ޖަލްސާގައި އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް، މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުވިކަން ރިޔާސަތުން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވިއެވެ.





