ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތެކެތީގެ ދުވަހާއި އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަހުގެ ޝިއާރާއި ގުޅުވައިގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތަށް ހުޅުވާލާފައިވާ ކަމަށާއި އެ މުބާރާތުގެ މަގްސަދަކީ އެ ދުވަސްތަކުގެ މުހިންމުކަން ފާހަގަކޮށް، އެކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 5 އަހަރާއި 13 އަހަރާއި ދެމެދު އަދި 14 އަހަރާއި 19 އަހަރާއި ދެމެދު، 20 އަހަރުން މަތީގެ މީހުންނަށް ކަމަށް ވުޒާރާއިން ބުނެއެވެ.
މުބާރާތުގެ އެންޓްރީ މުއްދަތު ފެށޭނީ މިއަދު ހެނދުނު 9.00 ގައެވެ. އަދި ނިމޭނީ 16 އޮކްޓޯބަރުގެ 13:00 އަށެވެ.
މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތެކެތީގެ ދުވަހުގެ ޝިއާރަކީ ރަނގަޅު ކާނާ އާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާއެވެ. އަދި ދުނިޔޭގެ ޖަނާވާރު ދުވަހުގެ ޝިއާރަކީ ޖަނަވާރުން ރައްކާތެރިކޮށް، ދުނިޔެ ސަލާމަތްކުރަމާއެވެ.





