މަސްތުވާތަކެތި ފެނިގެން ކުރެވުނު ތުހުމަތަކާއެކު ހައްޔަރުކުރި ދައުލަތުގެ މީޑިއާ ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީ ބަންދުން މިނިވަންކޮށްފިއެވެ.
ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިނާޔަތާއި އިތުރު 2 މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ.
މި 3 މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެދަށުންނެވެ.
ހައްޔަރުކުރުމަށް ފަހު އިނާޔަތުގެ ބަންދަށް 7 ދުވަސް ޖެހިއިރު، އެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާއެކު ބަންދުން މިނިވަންކުރަން ކޯޓުން ނިންމީ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.





