މުރަނގަ ގަހަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ފަސޭހައި ދެއްދޭ ބާވަތެއްގެ ގަހެކެވެ. އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފަސޭހަކަމާ އެކު ހެދޭ ފެހިކަން ގަދަ މި ގަހުގެ ފަތަކީ ސިއްހީ ގޮތުން ވަރަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ފަތެކެވެ.
މުރަނގަފަތުގެ ސަޔަކީ ސިއްހީ ގޮތުން ވަރަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މީރު ބުއިމެކެވެ. އެހެން ކަމުން މުރަނގަފަތުގެ ސައި ތައްޔާރު ކުރާނެގޮތް ކިޔާލަ ދޭންމެވެ.
މުރަނގަފަތުގެ ސަޔަށް ބޭނުންވާނެ ތަކެތި:
މާމުއި
1 ޖޯޑު ހޫނު ފެން
1 ސައިސަމުސާ މުރަނގަ ފަތް ހިއްކާފައި (އަވީގައި ނުޖައްސާ)
ތައްޔާރު ކުރާނެގޮތް:
ހޫނު ފެން ޖޯޑުގެ ތެރެއަށް ހިއްކާފައި ހުރި މުރަނގަ ފަތްކޮޅު ”ސައިސަމުސާ“ލެއްގެ އަޅާށެވެ. އެއަށް ފަހު ފެންފޮދުގެ ތެރެއަށް ކުލައެރުމުން ފަތްކޮޅު ސަމުސަލަކުން ނަގާށެވެ. ދެން ހަރަ ހެޔޮވަރުކޮށްލުމަށް މާމުއީ އެޅާއިގެން ބުއިމަށް ބޭނުންކުރެވިދާނެއެވެ.
މުރަނގަ ފަތަކީ އެންޓި ކެންސަރު ކޮމްޕައުންޑުތައް ގިނަ އަދަދަކަށް އެކުލެވެ ފަތެކެވެ. ހަށިގަނޑުގައި ހުންނަ ކެންސަރު ސެލްތައް އިތުރުވިޔަ ނުދީ ކޮންޓްރޯލް ކޮށްދޭ މުރަނގަ ފަތަކީ ޕޮޓޭސިއަމުން މުއްސަނދި ވެފައިވާ ފަތެކެވެ.
މީގެ އިތުރުން މުރަނގަ ފަތަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން މީހާ ދުރުކޮށްދޭ އިރު މި ފަތުގައި ކެލްސިއަމް ވެސް އެކުލެވެއެވެ. އެ ސަބަބައި ގުޅިގެން ގާތުން ކިރުދޭ މީހުން މުރަނގަ ފަތް ވީހާ ވެސް ގިނައިން މި ފަތް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.
މުރަނގަ ފަތުގައި ވިޓަމިން ސީ އަދި ވިޓަމިން އޭ ވެސް ގިނަ އަދަދަކަށް އެކުލެވެއެވެ. މީގެ އިތުރުން ވެސް މުރަނގަ ފަތަކީ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަދީ ބޮލުގެ ރިހުން ވެސް ކުޑަކޮށްދޭނެ ފަތެކެވެ.
އެހެންވުމުން ކޮންމެ ދުވަހަކު މުރަނގަފަތުގެ ސައި ބޭނުން ކުރުމަށް އާދަ ކުރާށެވެ.





