ނަހުލާގެ އަސަރު ގަދަ ވާހަކައަކަށް ގެނެސްދިން ”ހުވާ“ގެ 3 ވަނަ ސީޒަންގެ މަސައްކަތް ފަށައިފިއެވެ.
ޖުމުލަ 102 އެޕިސޯޑު މިހާތަނަށް ބައިސްކޯފުން ދައްކާފައިވާ ހުވާގެ 3 ވަނަ ސީޒަންގެ ޝޫޓިންގެ މަސައްކަތް ފެށި މިދިޔަ ހަފުތާގައި ފަށާފައިވާކަން ބައިސްކޯފަށް އަޕްލޯޑުކުރި ވީޑިއޯއަކުން ވަނީ ހާމަކޮށްފައެވެ.
ނަހުލާގެ އަސަރު ގަދަ ވާހަކައަކަށް ގެނެސްދިން ”ހުވާ“ އަކީ ފާތިމަތު ނަހުލާއާއި އާއިޝަތު ރިޝްމީ އެކުގައި ޑައިރެކްޓުކޮށް ގިނަ ކާސްޓުންނާއެކު ފެށި އަގު ބޮޑު ޝޯއެކެވެ.
އަލަށް މަސައްކަތް ފަށާފައިވާ ހުވާ ސީޒަން 3ގައި ހިމެނެނީ ކިތައް އެޕިސޯޑު ކަން އަދި ހާމަކޮށްފައެއް ނުވާ އިރު މި ސީޒަން ބައިސްކޯފުން ސްޓްރީމް ކުރަން ފަށާނެ ތާރީހު ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހުވާ ސީޒަންތަކުގައި އެ ޝޯގެ ކާސްޓުންގެ ގޮތުގައި ދިވެހި ފިލްމީ އިންޑަސްޓްރީގެ 40 އަށްވުރެ ގިނަ ތަރީން ހަރަކާތްތެރި ވެފައިވާ އިރު މީގެ ތެރެއިން ގިނަ ތަރީންތަކެއް އާ ސީޒަނުން ވެސް ފެންނާނެ ކަމަށް ބެލެވެއެވެ.
ހުވާ“ގެ ފުރަތަމަ ސީޒަނުގައި 82 އެޕިސޯޑް ގެނެސްދީފައިވާ އިރު ސީޒަން 2ގައި ގެނެސްދިނީ 20 އެޕިސޯޑެވެ.
މި ޝޯގެ އެންމެ ފަހު އެޕިސޯޑެއް ގެނެސްދީފައި ވަނީ 2020 ވަނަ އަހަރެވެ.





