DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ކޮންމެފަހަރަކު ކާމިޔާބު ލިބުމަކީ ލާޒިމުކަމެއްނޫން

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
އޮކްޓޯބަރ 15, 2025
1
ކޮންމެފަހަރަކު ކާމިޔާބު ލިބުމަކީ ލާޒިމުކަމެއްނޫން
0
SHARES
417
VIEWS
Share on FacebookShare on Twitter

ފަހުދު އޭނަގެ އެކުވެރިޔަކާއިއެކު އެއްދުވަހެއްގައި ސަހަރާތެރެއަށް ނުކުތެވެ. ފަހުދުގެ އެކުވެރިޔާއަކީ އަމިއްލަނަފްސުގެ މައްޗަށް ފަޚުރުވެރިވާ ގޮތްދޫނުކުރާ މިޒާޖެއްގެ މީހެކެވެ. ސަހަރާތެރޭގައި ހިނގާފައި ދަނިކޮށް ތަންކޮޅެއްދުރު ހިސާބެއްގައި ބިންމަތީގައި އޮތް ކަޅުކުލައިގެ އެއްޗެއް ދެމީހުންގެ ލޮލުގައި އަޅައިގަތެވެ. ބަޔެއްފަހަރު ވައި ޖެހޭގޮތުން އޭތި ނުފެނިފައި އިރުކޮޅަކުން އަނެއްކާވެސް ފެނެއެވެ.

ކޮންމެއަކަސް ފަހުދު އޭނަގެ އެކުވެރިޔާއާއި ދިމާއަށް ބަލާލާފައިބުންޏެވެ. ” މި ފެންނަ އެއްޗާއިމެދު ބުނަނީކީކޭ؟ “

އެކުވެރިޔާ ބުންޏެވެ. ” އެއީ ކަޅުކުލައިގެ ބަކައްޓެއް. “

ފަހުދު ބުންޏެވެ. ” އަހަންނަށް ހީވަނީ އެއީ ކާޅެއްހެން. “

އެކުވެރިޔާ ބުންޏެވެ. ” އަހަރެން ތިބާކައިރީ މިބުނަނީއެއްނު، އެއީ ބަކައްޓެކޭ. “

ފަހުދު ބުންޏެވެ. ” މައްސަލައެއްނެއް. ހިނގާ ކައިރިއަށްގޮސް އެއީ ކޮން އެއްޗެއްތޯ ބަލަން.”

ދެން އެމީހުން އެއާއި ކައިރިއަށް ދާންފެށިއެވެ. ކައިރިއަށް ދެވޭވަރަކުން މަންޒަރު ސާފުވަމުން އާދެއެވެ. ކޮންމެއަކަސް އެމީހުނަށް އެ ފެނުނު އެއްޗަކީ ކާޅެއްކަން ޔަޤީންވެއްޖެއެވެ.

ފަހުދު އެކުވެރިޔާއާދިމާއަށް ބުންޏެވެ. ” އަޚާ! ﷲ ގަންދީ ބުނަން އެއީ ކާޅެއް. “

ނަމަވެސް އެކުވެރިޔާ، ފަހުދު އެބުނި އެއްޗަކަށް އިންކާރުކުރާ ގޮތަށް ދެފަރާތަށް ބޯ ތަޅުވާލިއެވެ. އަދި ބުންޏެވެ. ” އެއީ ބަކަށްޓެއް. “

އެކުވެރިޔާ އެބުނި ބަހަށް ފަހުދު އެއްޗެކޭ ނުބުނެއެވެ. އެމީހުން އެއާއި ކައިރިވާވަރަކުން ، ބަޔަކު އަންނަކަން އެނގިގެން  ކާޅު އުދުއްސައިގަނެފިއެވެ.

ފަހުދު އެކުވެރިޔާއާއި ދިމާއަށް ބަލާލާފައި ބުންޏެވެ. ” ﷲ އަކްބަރު! ކާޅެއް! ތިބާއަށް ފޭނޭތަ! އެއީ ކާޅެއް، އެ އުދުއްސައިގަތީ! “

އެކުވެރިޔާ ގޮތްދޫނުކުރަންވެގެން ބުންޏެވެ. ” އުދުހުނަސް އެއީ ބަކައްޓެއް. “

މިވާހަކަ ބަޔާން މިކުރީ ، މުޖުތަމަޢުގައި އުޅޭ ބައެއްމީހުންނަކީ އެމީހުންނަށް ކިތައްމެ ވަރަކަަށް ކަމެއް ސާފުކޮށް ބަޔާން ކޮށްދިނަސް ގޮތްދޫނުކުރާ ޒާތުގެ މީހުންނެވެ. އަދި ބައެއް މީހުންނަކީ އެމީހުންނަށް ތިބާ ތަޢުރީފުކޮށް ކިތައްމެ ހެޔޮއެދިގެން އުޅުނަސް އެމީހުން ތިބާގެ ވާހަކައާއިމެދު ރަނގަޅުގޮތަކަށް ނުދެކޭ މީހުންނެވެ. ނުވަތަ ތިބާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއްނުދީފާނެ މީހުންނެވެ.

މިޘާލަކަށް ތިބާ އެކަހަލަ މީހެއްކައިރީ ” މާޝާﷲ! ތިބާގެ ގަމީސް ހާދަ ރީއްޗެވެ. ތިބާ ފެންނަނީ އަލަތު ކައިވެނީގެ ފުރަތަމަ ރޭ ހޭދަކުރާ މީހެންހެންނެވެ. ” މިފަދައިން ބުނެ އެފަދަ މިޒާޖުގެ މީހެއްގެ ކިބައިން ހިނިތުންވުމަކަށް ނުވަތަ ޝުކުރިއްޔާއޭ ބުނުމަށް ތިބާ އުންމީދުކުރިޔަސް ، ތިބާ އުންމީދުކުރިފަދަ ރަނގަޅުގޮތަކަށް އޭނަ ތިބާ ބުނި ބަހާއި މެދު ނުދެކޭނެއެވެ. އޭގެ ބަދަލުގައި ތިބާ ބުނިބަހާއި މެދު މާބޮޑު އަޅާލުމެއްނެތް ގޮތަކަށް ބަލާލާފައި މިފަދައިން ބުނެއެވެ. ” ތިމަންނައާއި ދޭތެރޭ އެހާބޮޑަށް ހަމްދަރުދީވެ ހެޔޮއެދޭ މީހަކަށްނުވާށެވެ.”  ނުވަތަ ތިބާ މާޔޫސްވެ ދެރަވާކަހަލަ ބަސްތަކެއްބުނެފާނެއެވެ. އެއިން ހާމަވެގެން ދަނީ އެހެންމީހުންނާއި މުޢާމަލާތްކުރުމުގައި އޭނަގެ ތަޖުރިބާ މަދުކަމެވެ.

ހަމައެފަދައިން އަންހެނަކު އޭނާގެ ފިރިމީހާގެ ކިބައިން އެފަދަ ކަމެއް ތަޖުުރިބާކޮށްފާނެއެވެ. މިޘާލަކަށް ފިރިމީހާއާއި އެކު ވާހަކަދެއްކުމުގެ ތެރޭގައި ޖޯކު ވާހަކައެއް ކިޔުމުގެރެއިން މަޖާވެ ހިނިއައިސްފައި ހުރެ އަނބިމީހާ ވާހަކަ ކިޔައިދީފަނެއެވެ. ނަމަވެސް ފިރިމީހާ އެކަން ރަނގަޅުގޮތަަކަށް ނުނަގައި އަނބިމީހާއާއި ދިމާއަށް މިފަދައިން ބުނެފާނެއެވެ. ” ކޮންމެހެން ގަދަކަމުން ހޭންއުޅޭނެކަމެއްނެތެވެ.”

ތަފާތު މިޒާޖުތަކުގެ މީހުންނާއި މުޢާމާލާތްކުރުމުގައި ބޭނުންކުރަންޖެހޭ ހުނަރުތައް ތަފާތުވާނެއެވެ. ނަމަވެސް ތިބާ ކޮންމެފަދަ ހުނަރެއް ބޭނުންކުރިޔަސް އެއިން ހުނަރެއްގެ ސަބަބުން، ތިބާ އެދޭފަދަ ނަތީޖާއެއް، އެބައެއްގެ ފަރާތުން ނުފެނިދާނެ ބަޔަކުވެސް މުޖުތަމަޢުގައި އުޅެދާނެކަން ހަނދާން ބަހައްޓާށެވެ. އަދި ތިބާއަށް ދިރިއުޅުމުގެ މައިދާނުގައި އެފަދަ މިޒާޖުގެ މީހަކާ ބައްދަލުވިޔަސް ހަނދާން ބަހައްޓަންވީ އެއީ މުޖުތަމަޢުގައި ނިސްބަތުން މަދުބައެއްކަމެވެ.

ނޯޓް :- މިއީ ޑރ. މުޙައްމަދު ޢަބްދުއްރަޙްމާނު އަލް ޢަރީފީ ލިޔުއްވާފައިވާ ” اِسْتَمْتَعُ بِحَيَاتِكَ ” މިފޮތުން ނަގާފައި.

މަސްދަރު: ދިސަލަފިއްޔާ

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Comments 1

  1. މާހިރަާ says:
    1 year ago

    ބަކަރި. – ބަކަށި މިއީ ތަފާތު ދެމާނައެއް އޮންނަ ދެބަހެއް.
    ބަކަރި – ބަކަރިއެެއް
    ބަކަށި. – ބަކަށްޓެއް
    އެހެންވީމާ، ރަނގަޅުމާނަ އޮންނަ ބަސް ލިޔުން އެދެވިގެންވޭ

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily