އަނބަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގްބޫލް މޭވާއެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި އަނބު ގަސް ހެއްދުމަކީ އާންމު ކަމެކެވެ.
އަނބަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ އަދި ވިޓަމިން ސީ ހިމެނޭ މޭވާ އެކެވެ. މި ދެ ވިޓަމިނަކީ ވެސް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވަރަށް މުހިންމު ދެ މާއްދާއެވެ. ވިޓަމިން އޭ އިން ހަންގަނޑުގައި ޖެހޭ ރޫތަކާއި ލަތްތައް ފިލުވައިދެއެވެ. އަދި ވިޓަމިން ސީން ހަންގަނޑު އަލިކޮށްދީ ތީތި ކޮށްދެއެވެ.
އަނބަކީ އޭގައި އެންޓި އޮކްސިޑެންޓް ވަރަށް މަތި މޭވާ އެއްކަމުން އިރުގެ އަލިން އަނދާފައިވާ ހަންގަނޑު ތާޒާކޮށްދެއެވެ. އެހެން ކަމުން އަނބު ބޭނުންކޮށްގެން ފޭސް މާސްކް ނުވަތަ ސްކްރަބް ތައްޔާރު ކޮށްގެން ހަންގަނޑަށް ފަރުވާ ދެވިދާނެއެވެ.
އަނބު ފޭސް މާސްކް ތައްޔާރު ކުރުމަށް އަނބުގެ ތޮށި ނޮޅާލުމަށް ފަހު ބްލެންޑަރުން ބްލެންޑްކޮށްލާށެވެ. އެއަށް ސަމުސަލެއްގެ މާމުއި އެޅުމަށް ފަހު ޕޭސްޓް މޫނުގައި އުނގުޅާށެވެ. 15 ނުވަތަ 20 މިނެޓަށް ބެހެއްޓުމަށް ފަހު ތާފެނާ ފެނުން މޫނު ރަނގަޅަށް ދޮވެލާށެވެ. ހަފްތާއަކު 3 ފަހަރު މިގޮތަށް ބޭނުން ކުރުން އެދެވިގެންވެއެވެ.

އަނބުގައި ހިމެނޭ ވިޓަމިން އޭ ގެ ސަބަބުން ހަންފޮޅި ހިކިފައި ހުންނަ ހަންގަނޑު ތާޒާކޮށްދެއެވެ. މީގެ އިތުރުން އަނބުގައި ހިމެނޭ އެންޓި އޮކްސިޑެންޓުން ހަންގަނޑުގައި ޖެހޭ ކުދި ރޫތައް ފިލައި ހަންގަނޑު ބާރުކޮށްދީ އޮމާންކޮށްދެއެވެ.
މޫނުގެ ހަންގަނޑު ޒުވާން ކަންމަތީ ބެހެއްޓުމަށް ގަވައިދުން އަނބު ޕޭސްޓް މޫނުގައި އުނގުޅާށެވެ.





