ހޮލީވުޑްގެ ތަރި ޖޮނީ ޑެޕް ޑައިރެކްޓަރު ރިޑްލީ ސްކޮޓްއާ އެކު ވަރަށް ހިތްގައިމު އާ ޕްރޮޖެކްޓެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.
މިއީ ރޮބަޓް ލުއިސް ސްޓީވެންސަންގެ ކްލެސިކް ވާހަކަ، ސްޓްރޭންޖް ކޭސް އޮފް ޑރ ޖެކިލް އެންޑް މިސްޓަރ ހައިޑް އިންސްޕިރޭޝަން ހޯދާ، ކުރިއަށް އޮތް ގްރެފިކް ނޮވެލް ހައިޑްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ސްކޮޓްގެ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި މި ޕްރޮޖެކްޓް ގްރެފިކް ނޮވެލް ސިލްސިލާއެއްގެ ގޮތުގައި އަންނަ އޮކްޓޯބަރު މަހު ތައާރަފްކުރަން ވަނީ ހަމަޖެހިފަ އެވެ.
މެކޭނިކަލް ކޭކްގެ ސީއީއޯ ޖެސީ ނެގްރޯން އުފެއްދި މި ސިލްސިލާގައި ފެނިގެންދާނީ ކެރެކްޓާ އާއި ވާހަކަ ކުރިއެރުވުމުގައި އުފެއްދުންތެރިކަމާއެކު ބައިވެރިވަމުން އަންނަ ޕައިރޭޓްސް އޮފް ދަ ކެރީބިއަންގެ ތަރި އިން އިންސްޕަޔާވެގެން ހަދާފައިވާ ކުރެހުންތަކެވެ.
ފިލްމްގެ އެޑަޕްޓޭޝަނެއް ވަރަށް އަވަހަށް އުފައްދަން ހަމަޖެހިފައިވާއިރު، ޖޯނީ ހައިޑްގެ ރޯލު ކުޅޭނެ ކަމަށް ބެލެވެއެވެ..
މި ހަރަކާތުގައި ޖެސީ ނެގްރޯން އާއި އެންތަނީ ފްރެންސިސްކޯގެ އިތުރުން ކޮމިކް އަދި ފިލްމް އިންޑަސްޓްރީގެ އެހެން ފަރާތްތައް ވެސް ބައިވެރިވާނެއެވެ.





