DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
އޮކްޓޯބަރ 16, 2025
0
އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު
0
SHARES
296
VIEWS
Share on FacebookShare on Twitter

އެއްދުވަހަކު، ސަލަފުންގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޙައިވާ ބިން ޝުރައިޙު ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. “ދަރިފުޅާ، ކުކުޅުތަކަށް ކާންދޭން އާދޭ!” އަޅުގަނޑުމެންނަމަ މިފަދަ ޙާލަތެއްގައި ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟ ދަރިވަރުންނަށް ކިޔަވާދެއްވުމަށްޓަކާ މިސްކިތުގައިހުންނަވަނިކޮށް މަންމަ މިގޮވާލައްވަނީ އާދައިގެ ކުޑަކުޑަ ކަމަކުއެވެ. ކުކުޅުތަކަށް ކާންދޭން ދިއުމަށެވެ. އާދެ، އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކު ފިޔަވައި، އެހެން ހުރިހާ އެންމެން ކަހަލަގޮތަކަށް އެވަގުތު މަންމައަށް ޖަވާބުދޭނީ ‘ފަހުން އެބަދަމެވެ’ ނުވަތަ ‘އިރުކޮޅަކުން އެބަދަމެވެ’ މިފަދަ ގޮތަކަށްކަމާމެދު ޝައްކެއްނެތެވެ. އެކަމަކު ސަލަފުންގެ މިމަޝްހޫރު ޢިލްމުވެރިޔާ ކަންތައް ކުރެއްވީ އެހެންނެއްނޫނެވެ. އެކަލޭގެފާނު އަވަސްވެލެއްވީ މަންމަގެ ގޮވާލެއްވުމަށް އިޖާބަ ދެއްވުމަށެވެ. ކީއްވެތޯއެވެ؟ މަންމައަކީ ކިހާވަރެއްގެ ފަރާތެއްކަން އެކަލޭގެފާނަށް އެނގިލައްވާތީއެވެ. ދީނުގައި މަންމައަށް ދެވިފައިވާ ޤަދަރުއެނގިލައްވާތީއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. ޒައިނުލް ޢާބިދީން ރަޙިމަހުﷲއަކީ މިކަމުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނާއިސުވާލުކުރެވުނެވެ. ކަލޭގެފާނު، މަންމައަށް ވަރަށް ކަމޭއްހިއްތަވައެވެ. ނަމަވެސް މަންމައާއި އެއްސުފުރާއެއްގައި ކެއިންބައްލަވާތަނެއް ނުފެނެއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. “މަންމަ ނަންގަވަން ބޭނުންވެލައްވާ ކާއެތިކޮޅެއް، އަޅުގަނޑަށް މަންމައަށްވުރެ ކުރިން ނެގި މަންމަގެ ހިތުގައި ޖެއްސިދާނެކަމަށް އަޅުގަނޑު ބިރުގަނެއެވެ.” ސުބުޙާނަﷲ… ކޮންފަދަ މިޘާލެއްތޯއެވެ! މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން، މައިންބަފައިންގެ ހިތުގައި ނުޖައްސާދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ. اللَّهُ الْمُسْتَعَانُ

ދެތިންސަތޭކަ ރުފިޔާ މައިންބަފައިންނަށް ދެވުނީމާ، އެދެމީހުންގެ ޙައްޤު އަދާކުރެވިއްޖެޔޭ އަޅުގަނޑުމެންގެތެރެއިންގިނަމީހުންނަށް ހީވާކަހަލައެވެ. އެއްފަހަރަކު ޔަމަނުގެ އަހުލުވެރިއަކު، އޭނާގެ ބުރަކަށިމަތީ މަންމަ އުފުއްލައިގެން ޙައްޖަށްދިޔައެވެ. އަދި ބުރަކަށިމަތީ އުފުއްލައިގެން މަންމަގެ ޠަވާފުކުރުވިއެވެ. އެއަށްފަހު އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާއަށް މިވާހަކަތަށް ބަޔާންކޮށް، އެކަލޭގެފާނުގެ އަރިހުން ސުވާލުކުރިއެވެ. ‘އަޅުގަނޑަށް މަންމަގެޙައްޤުއަދާކުރެވިއްޖެތޯއެވެ؟’ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ޖަވާބުގައި ވިދާޅުވިއެވެ. لَا وَلَا بِزَفْرَةٍ وَاحِدَةٍ “ނޫނެކެވެ. އަދި ތިބާއަށް، މަންމަ އުފުލި ވޭންތަކުގެތެރެއިން އެންމެވޭނެއްގެ ޙައްޤުވެސް އަދާނުކުރެވެއެވެ.” ﷲ އަކްބަރް… މަންމައަށް އިސްލާމްދީނުގައި ދެވިފައިވާ ދަރަޖައެއްގެ މަތިވެރިކަމާއެވެ!

އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން މީހަކު ސުވާލުކުރިއެވެ. مَنْ أَحَقُّ بِحُسْنِ صَحَابَتِيْ؟”އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަންވީ (ޢާއިލާގެމީހުންގެ ތެރެއިން) ކާކަށްތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أُمُّكَ”ތިބާގެ މަންމައަށެވެ.” އޭނާ މިގޮތަށް ތިންފަހަރު ސުވާލުކުރުމުންވެސް އެކަލޭގެފާނު ދެއްވީ މިޖަވާބެވެ. ހަތަރުވަނަފަހަރު އޭނާثُمَّ مَنْ؟ “ދެން ކާކަށްތޯއެވެ؟” ސުވާލުކުރުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أَبُوْكَ “ތިބާގެ ބައްޕައަށެވެ.” (متفق عليه)

އުވައިސުލް ޤަރްނީ ރަޙިމަހުﷲއަށް މުޚަޟްރަމު ބޭކަލުންގެ ތެރެއިން ލިބިލެއްވި ދަރަޖަ ލިބިލެއްވީވެސް މަންމައަށް ހެޔޮކޮށްހިއްތެވުމުގެ ސަބަބުންނެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދުވަސްވަރުވެސް އުޅުއްވި ބޭކަލެކެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ބައްދަލުކުރައްވަވައި، އެކަލޭގެފާނުގެ ޞަޙާބީއަކަށްވެވަޑައިނުގެންނެވުނީ މަންމައަށް ޚިދުމަތްކުރެއްވުމުގެގޮތުން މަދީނާއަށް ވަޑައިނުގެން މަޑުކުރެއްވީމައެވެ. الله އަކްބަރް… އެކަލޭގެފާނު، ޞަޙާބީއަކަށްވެލެއްވުމުގެ މާތްޝަރަފު ދޫކުރެއްވީ މަންމައަށްޓަކައެވެ. އެހެންކަމުން ﷲތަޢާލާ އެކަލޭގެފާނު މާތްކުރައްވަވައި، އެކަލޭގެފާނު ދުޢާއެއްކުރައްވައިފިނަމަ، އެދުޢާއެއް ވަގުތުން އިޖާބަކުރައްވައެވެ.

ﷲތަޢާލާ އަޅުގަނޑުމެންނަށްވެސް ތެދުމަގުދައްކަވައި، މައިންބަފައިންނަށް ކަމޭހިތުމުގެ ސަބަބުން ސުވަރުގޭގެ މަތިވެރިދަރަޖަތައްލިބޭ، ޞާލިޙުއަޅުންގެ ތެރެއިން އަޅުގަނޑުމެންވެސް ލައްވަވާށިއެވެ. އާމީން…

މަސްދަރު: ނޫރުލްއިސްލާމް

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily