ދިވެހި ބަހުން ބުނާ ނަމަ ވިލާތު ބަށި ނުވަތަ ޓޮމާޓޯގެ ތަފާތު އެތަކެއް ވައްތަރުތައް ހުރެއެވެ. އެންމެ އާންމުކޮށް ހުންނަނީ ރަތް އަދި ރީނދޫ ކުލައިގައެވެ. ރޯ ޓޮމާޓޯއެކޭ އެއްފަދައިން ޓޮމާޓޯ ޖޫހަކީ ވެސް ނުހަނު ފައިދާ ހުރި އެއްޗެކެވެ.
ޓޮމާޓޯގައި 95 ޕަސެންޓު ފެން އެކުލެވިގެންވާ އިރު 5 ޕަސެންޓު ކާބޯހައިޑްރޭޓްސް އެކުލެވެއެވެ. ޓޮމާޓޯއަކީ ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިވެފައި ހަށިގަނޑުގައިވާ ނުރައްކާތެރި ކެެމިކަލްތައް ހަށިގަނޑުން ބޭރުކޮށްދިނުމަށް އެހިތެރިވެދޭ މޭވާއެކެވެ.
ޓޮމާޓޯ ޖޫހުން ހަށިގަނޑުގައި ކޮލާޖެން އިތުރުކޮށްދެއެވެ. އެހެންކަމުން ޓޮމާޓޯ ޖޫސް ބޯ މީހުންގެ އިސްތަށިގަނޑާއި ހަންގަނޑު ރީތިކޮށްދެއެވެ. މީގެ އިތުރުން ޓޮމާޓޯ ޖޫހުގައި ހިމެނޭ ވިޓަމިން އޭ އާއި ލައިކޯޕީންގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ.
ޓޮމާޓޯ ޖޫހުން ލިބިދޭ ސިއްހީ ބައެއް ފައިދާތައް:
ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދޭ..
ކޮލެސްޓްރޯލް މައްޗަށް ދާނަމަ އަވަހަށް ރޯ ޓޮމާޓޯ ޖޫސް ބޭނުންކުރާށެވެ. ޓޯމާޓޯ ޖޫހުގައި ގިނަ އަދަދަކަށް ފައިބާރު އެކުލެވޭ އިރު އޭގެ ސަބަބުން ކޮލެސްޓްރޯލް މައްޗަށް ދިއުމުން ދުރުކޮށްދެއެވެ.
ބަރުދަން ލުއިކުރުމަށް އެހީވެދޭ..
ޓޮމާޓޯ ޖޫހުން ލިބިދޭ އެންމެ ބޮޑު އެއް ފައިދާއަކީ ބަރުދަން ލުއި ކޮށްދިނުމެވެ. ޓޮމާޓޯ ޖޫހުގައި ސޯޑިއަމް އެކުލެވޭ މިންވަރު ދަށް އިރު އޭގައި ގިނަ އަދަކަށް ފައިބާ އެކުލެވެއެވެ. އޭގެ ސަބަބުން ވަރުބަލިވުމާއި ބަނޑުހައި ހޫނުކަމުން ދުރުކޮށްދެއެވެ.
ހަންގަނޑަށް ރީތިކޮށްދޭ..
އޮމާން ރީތި ހަންގަނޑެއް ބޭނުންނަމަ ޓޮމާޓޯ ޖޫސް ބޭނުން ކުރާށެވެ. ޓޮމާޓޯ ޖޫސް ބޭނުންކުރާ ނަމަ އޮށާޅަނެގުމާއި ހަންގަނޑު ތެޔޮވުމުން ދުުރުކޮށްދެއެެވެ.
ދުވާލަކު އެއްފަހަރު ޓޮޮމާޓޯ ޖޫސް ބުއިމަކީ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ދަމަހައްޓައިދޭނެ ކަމެކެވެ.





