DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ސައްކެޔޮ: ހާޓް އެޓޭކް، ސްޓްރޯކް، އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

މާހިރު މުޙައްމަދު by މާހިރު މުޙައްމަދު
އޮކްޓޯބަރ 28, 2025
0
ސައްކެޔޮ: ހާޓް އެޓޭކް، ސްޓްރޯކް، އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
0
SHARES
204
VIEWS
Share on FacebookShare on Twitter

މިއަދުގެ ދުނިޔޭގައި ސިއްހީ ގޮތުން ދިމާވާ އެތައް މައްސަލައަކަށް ހައްލު ހޯދުމަށް ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވުމަކީ މުހިންމު ކަމެކެވެ. ކެންސަރާއި ބަރުދަން ކުޑަކުރުމުގެ މައްސަލަތަކަކީ މިހާރު އެންމެ ބޮޑަށް އެޅިފައިވާ ކަންބޮޑުވުންތަކެވެ. ބޭސް ބޭނުންކުރުމުން ދިމާވާ ނޭދެވޭ އަސްރާރުން އެކަހެރިވެ ފަރުވާކުރުމުގައި ގުދުރަތީ ގޮތްތަކަށް އިސްކަންދިނުމަކީ އެންމެ ރަނގަޅު ހައްލުކަމުގައި ވެދާނެއެވެ. ކޮންމެ ދުވަހެއް މި ފަދަ ގުދުރަތީ އެތައް ބަދަލެއް ހާމަވަމުންދާ އިރު މިތަނުގައި އަލިއަޅުވާލެވިފައި މި ވަނީ ގުދުރަތީ މުޢުޖިޒާތެއްކަމުގައިވާ ސައްކެޔޮލުގެ ސިއްހީ ފައިދާތަކަށެވެ.

ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުން:
ސައްކެޔޮލުގައި އެންޓި-އޮކްސިޑެންޓްސް އާއި ފައިޓޯނިއުޓްރިއެންޓްސްގެ އިތުރުން ވިޓަމިން ސީ ވެސް މަތީ މިންވަރަކަށް އެކުލެވޭ މޭވާއެކެވެ. މި ސިފަތަކުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު، މޭމަތީގެ ކެންސަރު، ބަނޑުގެ ކެންސަރު، ހަމުގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ފަދަ އެކި ބާވަތުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ސައްކެޔޮ އެހީވެދެއެވެ. މި ކާނާގެ ބައިތަކުން ސެލްތަކަށް ލިބޭ ގެއްލުންތައް ރަނގަޅުކޮށް ބަލިތަކަށް ދެކޮޅު ހެދުމުގެ ބާރު އިތުރުކުރުމަށް އެހީތެރިވެދެއެވެ.

ބަރުދަން ކުޑަކުރުމަށް އެހީތެރިވުން:
ފަލަވުމުގެ މައްސަލަ އިތުރުވަމުންދާ މި ދުވަސްވަރު ސައްކެޔޮލަކީ ބަރުދަން ކުޑަކުރުމަށް ވަރަށް ބޭނުންތެރި މޭވާއެކެވެ. އެއީ ސައްކެޔޮލުގައި ސަރުބީ އެއްވެސް މިންވަރަކަށް ނުހުންނާތީ އަދި ކެލޮރީސް މަދުކަމުންނެވެ. މިކަމުގެ ސަބަބުން ޑައިޓް ކުރާ މީހުންނަށް ރައްކާތެރިކަމާއެކު މި މޭވާ ބޭނުންކުރެވޭނެއެވެ. އަދި އޭގައި ހިމެނޭ އެހެނިހެން ހުރިހާ މުހިންމު ކާނާގެ ބައިތަކުން ފައިދާ ލިބިގަނެވޭނެއެވެ.

ލޭގެ ޕްރެޝަރު ދަށްކުރުން:
ސައްކެޔޮލުގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާތީ ލޭގެ ޕްރެޝަރު ދަށްކޮށް ކޮންޓްރޯލް ކުރުމަށް އެހީވެދެއެވެ. މިކަމުގެ ސަބަބުން ހާޓް އެޓޭކް، ސްޓްރޯކް، އަދި ހިތުގެ އެކި ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. އެހެންކަމުން ހިތުގެ ސިއްހަތަށް ވެސް ސައްކެޔޮލަކީ ވަރަށް ފައިދާ ހުރި މޭވާއެކެވެ.

ހަޖަމުކުރުމުގެ ނިޒާމަށް ފައިދާކުރުން:
ސައްކެޔޮ އާދައިގެ ގޮތަކަށް ކެއުމުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ. އެއީ ސައްކެޔޮލުގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭތީއެވެ. ގިނަ އަދަދަކަށް ކެއިކަމުގައި ވިޔަސް ސައްކެޔޮ ބަނޑުގައި ރިހުމެއް ނުއުފައްދައެވެ. މީގެ ސަބަބުން ބޮޑުކަމުދިއުމުގެ ހަރަކާތްތައް ރަނގަޅުވެ ބޮޑު ގޮހޮރުގައި ހުންނަ ކެންސަރު އުފައްދާ ކެމިކަލްތައް ބޭރުކޮށް ގޮހޮރު ރައްކާތެރިކޮށްދެއެވެ.

ނިދިނައުމުގެ މައްސަލަ ހައްލުކޮށްދިނުން:
ނިދިނައުމުގެ މައްސަލަތަކަށް ސައްކެޔޮ ފަރުވާއެއް ކަމަށް ވެދާނެއެވެ. އެއީ ސައްކެޔޮލުގައި ގިނަ އަދަދަކަށް މެގްނީޒިއަމް އާއި ދަނގަޑު އެކުލެވޭތީއެވެ. މި މާއްދާތަކުން ނިދީގެ ކޮލިޓީ ރަނގަޅުކޮށްދިނުމަށް އެހީތެރިވެދެއެވެ. މެގްނީޒިއަމް އަކީ ހަށިގަނޑުގައި ލޭމަދުވުމަށް ހުރަސްއަޅާ މާއްދާއެއް ކަމުން މީގެ ސަބަބުން ނިދިނައުމުގެ މައިގަނޑު ސަބަބުތަކުން ރައްކާތެރިކޮށްދެއެވެ.

ހަކުރު ބަލި ހުންނަ މީހުންނަށް ރައްޓެހި މޭވާއެއް:
ސައްކެޔޮގެ ރަހަ މީރުކަމުގައި ވިޔަސް ހަކުރު ބަލި ހުންނަ މީހުންނަށް ރައްކާތެރިކަމާއެކު މިއީ ކެއިދާނެ މޭވާއެކެވެ. ސަބަބަކީ ސައްކެޔޮލުގައި ހަކުރު އެކުލެވޭ ނަމަވެސް އެ ހަކުރު ލޭގެ ތެރެއަށް މަޑުމަޑުން އެބްޒޯބްވާތީއެވެ. މީގެ ސަބަބުން ހަކުރު ބަލި ހުންނަ މީހުންނަށް އޭގެ ސިއްހީ ހުރިހާ ފައިދާއެއް ހޯދައިގަނެވޭނެއެވެ. އަދި މި މޭވާއަކީ ހަކުރު ބަލީގެ ދެވައްތަރަށް ވެސް ގުލޫކޯސް ކެތްތެރިކަން އިތުރުކޮށްދޭ މޭވާއެކެވެ.

ލޮލާއި ހަންގަނޑަށް ފައިދާކުރުން:
ސައްކެޔޮލުގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވާތީ މިއީ ލޮލުގެ ސިއްހަތަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ. އެއީ ލޮލަށް ފެންނަ ވަރު ރަނގަޅުކޮށް ލޮލުގަ ހުދުކަން މެކިއުލަރ ޑިޖެނެރޭޝަން ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭތީއެވެ. މީގެ އިތުރުން ސައްކެޔޮލުގައި ހަންގަނޑަށް ދުޅަހެޔޮކަން ގެނެސްދީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ރޫތައް މަދުކޮށް އަވީގެ ސަބަބުން ހަމަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ މޭވާއެއް ކަމަށް ބެލެވެއެވެ.

ފާރަށް އެހީތެރިވުން:
ފާރަށް ދޭ އާންމު ބޭސްތަކުގެ ސަބަބުން ގިނަ ސައިޑްއެފެކްޓްސްތަކެއް ކުރިމަތިވާކަން އެނގިފައިވެއެވެ. ނަމަވެސް ސައްކެޔޮލަކީ ފާރުގެ މައްސަލަ ހައްލުކުރުމަށް އެންމެ ރަނގަޅު އެއް ގޮތެވެ. އެއީ ސައްކެޔޮލުގައި ގަދަފަދަ އެންޓި-އަލްސަރޭޓިވް، އެންޓިސެޕްޓިކް، އެންޓި-އިންފްލެމޭޓަރީ އަދި އެންޓިއޮކްސިޑެންޓް ސިފަތައް އެކުލެވިގެންވާތީއެވެ.

ކަށިތަކަށް އެހީވެދޭ:
ކަށިތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭނުންވާ ކެލްސިއަމް ރަނގަޅު މިންވަރަކަށް ހޯދުމަށް ސައްކެޔޮ ކެއުން ވަރަށް ބޮޑަށް އިސްކުރެވެއެވެ. ކެލްސިއަމްގެ އިތުރުން ސައްކެޔޮލުގައި ވިޓަމިން ސީ އަދި މެގްނީޒިއަމް ވެސް އެކުލެވިފައިވެއެވެ. މި މާއްދާތަކަކީ ކެލްސިއަމް ހަށިގަނޑަށް ދެމިގަތުމަށް އިތުރަށް އެހީވެދޭ މާއްދާތަކެކެވެ.

ނާރުތަކުގެ ނިޒާމަށް ބާރުދޭ:
ހަށިގަނޑު ވަރުބަލިވުން ސްޓްރެސް އަދި މަސްގަނޑުތައް ބަލިކަށިވުން ފަދަ މައްސަލަތަކަށް ވެސް ސައްކެޔޮ ކެއުމުން ފަރުވާއެއް ލިބެއެވެ. އެއީ ސައްކެޔޮލުގައި ތަޔާމިން އާއި ނިއެސިން ފަދަ ވިޓަމިންތައް ގިނަ އަދަދަކަށް އެކުލެވިގެންވާތީއެވެ. ސައްކެޔޮގެ 100 ގުރާމް މަސްގަނޑުން 4 މިލިގްރާމްގެ ނިއެސިން ލިބެއެވެ. މީގެ އިތުރުން ސައްކެޔޮލުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބިގަތުމަށް ވަރަށް ރަނގަޅު ވަސީލަތެކެވެ.

ސައްކެޔޮލަކީ ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން ވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީވެދޭ މޭވާއެކެވެ. އެހެންކަމުން މިހާރުން މިހާރަށް ސައްކެޔޮ ކާން ފަށާށެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily