މާލޭ އަތޮޅު ތުލުސްދޫ ގެސްޓްހައުސްއަކުން ބަނގުރަލާއެކު އަންހެން ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ކޮންސްޓަބަލް އައިމިނަތު މާޔާ ހުސެން ބަޝީރު މިދިޔަ މަހުގެ 17 ގައި ތުލުސްދޫ ގެސްޓްހައުސްއަކުން ހައްޔަރު ކުރި 7 މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ.
އެ 7 މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޮއެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ ގެސްޓްހައުސް ބަލައިފާސްކޮށް ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލި ލީޓަރުގެ 2 ފުޅި އާއި ތައްޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ 3 ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކާއި 26 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެއް ކަމަށާއި އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުސް ދިވެހިންނެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވް ވެފައިވާ ކަމަށާއި އެ މީހުން ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.
މާޔާ މަގާމުން ސަސްޕެންޑްކޮށް މައްސަލަ ޕްރޮފެޝަނަލް ކޮމާންޑުން ބަލައި ސިޕްލިނަރީ ބޯޑުން ވަނީ އޭނާ މަގާމުން ވަކިކުރަން ލަފާ ދީފައި ކަމަށް ފުލުހުން ބުނެއެވެ.





