އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާ ހިނގި އިރު ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މައުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން އެ މީހާގެ ވަނީ ނަގާފައި ކަމަށެވެ.
ފުލުހުން ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 03:44 ގައިކަމަށާއި އެ ހަދިސާގައި 4 ދިވެހިންނާއި 2 ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.





