މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ވީލާ އެއާ އިން ދިވެހިރާއްޖޭގެ ސީޕްލޭންގެ ބާޒާރަށް އަލުން ވަދެ ޑީއެޗްސީ-6 ޓްވިން އޮޓަރމަރުކާގެ ސީޕްލޭނާއެކު ހިދުމަތް ދިނުން ރަސްމީކޮށް ފަށައިފިއެވެ.
މިއާއެކު ވިލާ އެއަރއަކީ ސީޕްލޭން މާކެޓަށް އަލުން ވަދެފައިވާ އެއަރލައިނަކަށްވެފައިވާ އިރު އެ ކުންފުނިީގެ ފުރަތަމަ ސީޕްލޭން ދަތުރު ވަނީ ސަން އައިލެންޑަށެވެ.
މި ބަދަލަކީ ވީލާ އެއާގެ ސްޓްރެޓީޖިކް ބަދަލެކެވެ. މިއީ އޭޓީއާރު މަތިންދާބޯޓު ބޭނުންކޮށްގެން ގިނައިން ޑޮމެސްޓިކް ދަތުރުތައް ކުރަމުން އައި ވިލާ އެއަރގެ ތާރީހުގައި އާ ބާބެއްގެ ފެށުނުކަމުގެ ހެއްކެކެވެ.
ވިލާ އެއަރއިން ސީޕްލޭން މާކެޓަށް ވަނުމާއެކު، ޓްރާންސް މޯލްޑިވިއަން އެއަރވޭސް އަދި މަންޓާ އެއަރ ފަދަ ސީޕްލޭން އޮޕަރޭޓަރުންނާ މިހާރު ވަނީ ގުޅިފައެވެ. އެ ކުންފުނިތަކުގެ ލޯޑް ފެކްޓަރ ވަރަށް ރަނގަޅުކަން ވަނީ ފާހަގަކުރެވިފައެވެ.
ވިލާ އެއަރގެ މި ހަރަކާތަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެ ކުންފުނި ހޯދަމުންދާ ކުރިއެރުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު ފިޔަވަޅެކެވެ. މި ފިޔަވަޅާއެކު ރާއްޖޭގެ ސީޕްލޭންގެ ބާޒާރުގައި ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރގައި ސީޕްލޭންތަކުގެ ދައުރު ވަރަށް މުހިންމެވެ. ރިސޯޓްތަކުގެ ފެނުގެ ސަރަހައްދުތަކަށް ސީދާ ޖައްސާލުމުގެ ގާބިލްކަން ސީޕްލޭންތަކަށް ލިބިފައިވާތީ އާއި ފަތުރުވެރިންގެ ދަތުރުފަތުރުގެ ތަޖުރިބާ ވަރަށް ފަސޭހަވެ އިތުރު ދަތުރުފަތުރުގެ ވަސީލަތްތަކަށް ބޭނުން ނުވާނެއެވެ. މިއީ ފަތުރުވެރިންނަށް ލިބޭ ތަޖުރިބާ އިތުރަށް ރަނގަޅުކޮށްދޭ ކަމެކެވެ.
މި ސީދާ ގޮތެއްގައި ރިސޯޓްތަކަށް ދަތުރުކުރުމުގެ ފުރުސަތާއި ތިރި ފެންނަން ހުންނަ ފްލައިޓްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ފެނުމުގެ ސަބަބުން ސީޕްލޭންތަކަކީ ފަތުރުވެރިން އެންމެ ބޭނުންވާ ދަތުރުފަތުރުގެ ވަސީލަތެވެ.





