ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭ ވޯޓާ ސުވަރޭޖް ކޮމްޕެނީގެ ކަސްޓަމަރ ސާވިސްގެ ކައުންޓާ ބަންދުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ނޯޓިސް އެއްގައި ބުނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދާއި މާދަމާ އެ ކުންފުނީގެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށެވެ.
ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު އޮންލައިންކޮށް އީ-ޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ އިމަޖެންސީއެއް ދިމާވެއްޖެ ނަމަ 24 ގަޑި އިރު ހިދުމަތް ލިބޭ ހޮޓްލައިން ނަންބަރު 105 އަށް ގުޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ.





