ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކޮށްފިއެވެ.
ނޮވެންބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ހަނދާނީ ބިނާގައި ވަނީ 8 ދިދަ ޖަހާފައިވެއެވެ. އެ 8 ދިދައިން ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިން އުދު ވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ.
އެ ރަސްމިއްޔާތުގައި ވަނީ ޝަހީދުވި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ހަމަހިމޭން ކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އެ ރަސްމިއްޔާތު 7 ބަޑީގެ ސަލާމެއް އަރުވި އިރު ރަސްމިއްޔާތު ނިންމާލީ ދުވަހާއި ގުޅޭ ހާއްސަ ދުއާއެއްކުރުމަށް ފަހު ސިފައިންގެ ރަސްމީ ލަވައިންނެވެ.





