DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ގުގުރި ދެމުމަކީ ބައިވެރިޔާއަށް އުނދަގޫވާ ކަމެއް: ފަރުވާ ހޯދުން މުހިންމު!

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
ނޮވެމްބަރ 20, 2025
0
ގުގުރި ދެމުމަކީ ބައިވެރިޔާއަށް އުނދަގޫވާ ކަމެއް: ފަރުވާ ހޯދުން މުހިންމު!
0
SHARES
413
VIEWS
Share on FacebookShare on Twitter

ނިދީގައި ރަނގަޅަށް ނޭވާނުލެވުން ނުވަތަ ގުގުރިދެމުން އެއީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިއީ ހަމައެކަނި ގުގުރިދެމޭ މީހާއަށް ނޫން، އެމީހާ އާއި އެކުގައި ނިދާ ބައިވެރިޔާއަށް ވެސް ނިދި މަދުވެ، މާޔޫސްކަމާއި އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމެކެވެ. ގުގުރި ދެމުމަކީ ގެއްލުމެއް ނެތް ކަމެކޭ ހީވިޔަސް، މިއީ މީހެއްގެ ދިރިއުޅުމުގެ ފެންވަރަށް ބޮޑު އަސަރެއް ކޮށް، ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެއްކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ގުގުރި ދެމުމަކީ ނިދުމުގެ ތެރޭގައި ނޭވާލާއިރު އުފެދޭ ރެޓްލިންގ ނުވަތަ ވައިބްރޭޓިންގ އަޑެކެވެ. މިއީ ނޭވާލާ ނިޒާމު ހަނިވެ، ވައި ދައުރުވާއިރު ކަރުތެރޭގައި ހުންނަ މަސްތަކާއި ޓިޝޫތައް ވައިބްރޭޓްވުމުގެ ސަބަބުން އިވޭ އަޑެކެވެ.

ގުގުރި ދެމެން މެދުވެރިވާ ސަބަބުތައް:

ގުގުރި ދެމުމަށް މެދުވެރިވާ އެތައް ކަމެއް އެބަހުއްޓެވެ. އެންމެ އާންމު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ނޭވާލާ ނިޒާމު ބެދޭގޮތްވުން: ގުގުރިދެމެން މެދުވެރިވާ އެންމެ އާންމު އެއް ސަބަބަކީ ނޭވާލާ ނިޒާމަށް ހުރަސްއެޅުމެވެ. މިއީ ނޭފަތް ބެދުން، ޓޮންސިލް ދުޅަވުން، ނުވަތަ ދޫ ތިރިއަށް ސޮހުން ނުވަތަ ކަސިޔާރުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިގޮތަށް ވައި ދައުރުވުމަށް ދަތިވުމުން ވައިބްރޭޝަނެއް އުފެދި ގުގުރިދެމުގެ އަޑު އިވެން ފަށައެވެ.
  • އުމުރު: އުމުރުން ދުވަސްވާވަރަކަށް އަހަރެމެންގެ މަސްތަކާއި ޓިޝޫތައް ގުދުރަތީ ގޮތުން ބަލިކަށިވެގެން ދެއެވެ. އޭގެ ތެރޭގައި އަހަރެމެންގެ ކަރުތެރެއާއި ނޭވާލާ ނިޒާމުގައި ހުންނަ މަސްތަކާއި ޓިޝޫތައް ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ނޭވާބެދުމުގެ ނުރައްކާ އިތުރުވެއެވެ.
  • ފަލަވުން: މާބޮޑަށް ބަރުދަން އިތުރުވުމުން ނުވަތަ ފަލަވުމުން ކަރުތެރެއާއި ނޭވާލާ ނިޒާމުގައި އިތުރު ސަރުބީ ޖަމާވެ، ވައި ދައުރުވުމަށް ދަތިވެ، ގުގުރިދެމުން ފަދަ ކަންކަން މެދުވެރިވެއެވެ.
  • ނިދަން އޮވެވޭ ގޮތް: އުއްޑުން އޮވެ ނިދުމަކީ ދުލާއި، ކަރުތެރޭގެ މަސްތައް ތިރިއަށް ސޮހި، ގުގުރިދެމެން މެދުވެރިވާ ކަމެކެވެ.
  • ބޭނުން ކުރެވޭ ބުއިންތަކާއި ބޭސްތައް: ނިދުމުގެ ކުރިން ބައެއްކަހަލަ ބުއިންތައް (ޚާއްޞަކޮށް ބަނގުރާ) ނުވަތަ ބޭސްތައް (ނިދުން ގެނުވާ ބޭސްތައް) ބޭނުންކުރުމަކީ ކަރުތެރެއާއި ނޭވާލާ ނިޒާމުގެ މަސްތަކުގެ ބާރު ދޫވެ ގުގުރިދެމުން ފަދަ ކަންކަން މެދުވެރިވާ ކަމެކެވެ.

ގުގުރު ދެމުމުގެ ނޭދެވޭ އަސަރުތައް:

ގުގުރި ދެމުމަކީ މީހެއްގެ ސިއްހަތާއި ދިރިއުޅުމުގެ ފެންވަރަށް ގިނަ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އެންމެ އާންމުކޮށް ދިމާވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ނިދުމުގެ ފެންވަރު ދަށްވުން: ގުގުރު ދެމުމަކީ ނިދި މެދުކެނޑި، ނިދުމުގެ ފެންވަރު ދަށްވެ، ދުވާލު ވަގުތު ވަރުބަލިކަން ކުރިމަތިވާ ކަމެކެވެ.
  • ގުޅުމުގެ މައްސަލަތައް: ގުގުރި ދެމުމަކީ ބައިވެރިޔާއަށް އުނދަގޫތަކާއި މާޔޫސްކަން މެދުވެރި ކުރުވާ ކަމެކެވެ. އެއަޑު ގަދަ ނަމަ ބައިވެރިޔާއަކަށް ވެސް ހަމަ ނިންޖެއް ނުލިބޭނެއެވެ. މިއީ ގުޅުމަށް ނޭދެވޭ އަސަރުކޮށް، ދެމީހުންގެ ދެމެދުގައި ހިތްހަމަނުޖެހުން އުފެއްދިދާނެ ކަމެކެވެ.
  • ސިއްހީ މައްސަލަތަކުގެ ނުރައްކާ އިތުރުވުން: ދިގު މުއްދަތަކަށް ގުގުރި ދެމުމަކީ ލޭމައްޗަށް ދިއުން، ހިތުގެ ބަލި، އަދި ސްޓްރޯކް ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.
  • ދިރިއުޅުމުގެ ފެންވަރު ދަށްވުން: ގުގުރި ދެމުމަކީ މީހެއްގެ ދިރިއުޅުމުގެ ފެންވަރަށް އަސަރުކޮށް، ރުޅިގަދަވުމާއި، މޫޑު ބަދަލުވުމާއި، ސަމާލުކަން ދޭން އުނދަގޫވުން ފަދަ ކަންކަން ކުރިމަތިވާ ކަމެކެވެ.

ގުގުރި ދެމުމަށް ދޭ ފަރުވާތައް:

ގުގުރިދެމޭނަމަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ނުވަތަ ޑޮކްޓަރީ ފަރުވާތައް ހޯދަން ޖެހެއެވެ. އެންމެ ފައިދާހުރި ބައެއް ފަރުވާތަކުގެ ތެރޭގައި ހިމެނެނީ:

  • ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތައް: ބަރުދަން ލުއިކުރުމާއި، ނިދުމުގެ ކުރިން ވަކިބާވަތެއްގެ ބުއިންތަކާއި ބޭސްތައް ބޭނުން ނުކުރުން، އަދި އެއްއަރިއަކަށް އޮވެ ނިދުން ފަދަ އާދައިގެ ދިރިއުޅުމުގެ ބަދަލުތައް ގެނައުމަކީ ގުގުރިދެމުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
  • ސީޕެޕް ތެރަޕީ: ކޮންޓިނިއުއަސް ޕޮޒިޓިވް އެއަރވޭ ޕްރެޝަރ (ސީޕެޕް) ތެރަޕީގައި ނިދާއިރު ނޭފަތާއި/ނުވަތަ އަނގަމަތީގައި މާސްކެއް އަޅައިގެން ނިދުމެވެ. މި މާސްކް ގުޅާލާފައިވަނީ ނޭވާލާ ނިޒާމު ހުޅުވާފައި ބެހެއްޓުމަށްޓަކައި މެދުނުކެނޑި ވައި ފޯރުކޮށްދޭ މެޝިނަކާއެވެ.
  • އަނގަތެރެއަށް ލައްވަން ބޭނުންކުރާ ސާމާނު: ނިދާއިރު މެންޑިބިއުލަރ އެޑްވާންސްމަންޓް ޑިވައިސް (Mandibular Advancement Device) ފަދަ އަނގަތެރެއަށް ލައްވާ އާލާތް ބޭނުންކުރުމުން ދަތްދޮޅިއާއި ދޫ ހިފަހައްޓާފައި ބެހެއްޓުމަށް އެހީތެރިވެ ދެއެވެ. މިއީ ގުގުރިދެމުން ކުޑަކުރެވޭނެ އެއްގޮތެވެ.
  • ސާޖަރީ: ބައެއް ހާލަތްތަކުގައި ސެޕްޓަމް ކަސިޔާރުވުން ނުވަތަ ޓޮންސިލް ދުޅަވުން ފަދަ މައްސަލަތަކަށް ފަރުވާ ދިނުމަށް ސާޖަރީ ހަދަން ޖެހިދާނެ އެވެ.

ގުގުރި ދެމުމަކީ މީހެއްގެ ދިރިއުޅުމުގެ ފެންވަރަށް ބޮޑު އަސަރެއް ކޮށްފާނެ އާންމު މައްސަލައެކެވެ. ގުގުރި ދެމުމަށް މެދުވެރިވާ ސަބަބުތައް ގިނަ ކަމުގައި ވިޔަސް، އެކަމަށް ދެވޭނެ ފަރުވާތައް ވެސް ގިނަ އެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ އާދައިގެ ބަދަލުތަކަކުން، ނުވަތަ ޑޮކްޓަރުގެ އެހީތެރިކަން ހޯދައިގެން ގުގުރިދެމުން ކުޑަކޮށް ނުވަތަ ނައްތާލައި، ރަނގަޅަށް ނިދޭނެގޮތް މެދުވެރިވެ ސިއްހަތު ރަނގަޅު ކުރެވޭނެ މަގު މިހާރު ފެންނަން އޮވެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily