DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ފެރީ ބަންނަން އިންޑިއާއިން 100 މިލިއަން ރުފިޔާ ދީފި

މުހައްމަދު އާސިފް by މުހައްމަދު އާސިފް
އޯގަސްޓް 2, 2025
0
ފެރީ ބަންނަން އިންޑިއާއިން 100 މިލިއަން ރުފިޔާ ދީފި
0
SHARES
15
VIEWS
Share on FacebookShare on Twitter

ގައުމީ ދަތުރުފަތުރުގެ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތަށް ބޭނުންކުރާ ފެރީ ބަނުމަށްޓަކައި 100 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ މެއި މަހުގެ 18 ވަނަ ދުވަހެވެ.

ދައުލަތުގެ މީޑިއާގެ ’ރާއްޖެ މިއަދު‘ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވީ އާރްޓީއެލް ފެރީތައް ބަނުމަށްޓަކައި އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދޭން އެއްބަސްވި 100 މިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

ޔާސިރު ވިދާޅުވި ގޮތުގައި އެ އެހީގެ ދަށުން 12 ފެރީ ބަނެ، އެއް ފެރީ ހަބް ގާއިމުކުރާނެއެވެ. އެއީ ރ. އުނގޫފާރުގައި ގާއިމުކުރާ ފެރީ ހަބެވެ. އެ މަސައްކަތުގެ ދަށުން އުނގޫފާރުގައި ގާއިމުކުރާ ފެރީ ހަބްގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ އާރްޓީއެލް ޚިދުމަތަށް ބޭނުންވާ ފެރީތައް މިވަގުތު ވެސް ބަންނަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ’ބެކަޕް’ގެ ގޮތުގައި ބޭނުންކުރާނެ ފެރީތައް ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާރްޓީއެލް ޚިދުމަތަށް އަޅާ މައި ފެރީ ޓާމިނަލްތަކަކީ ކޮންމެ ޒޯނެއްގައި ހިމެނޭ އަތޮޅުތަކުގެ ޚިދުމަތް ބަލަހައްޓާ މައި ޓާމިނަލްތަކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާރްޓީއެލްގެ ޚިދުމަތަކީ މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ފެށި ޚިދުމަތެކެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރު ނިމުނުއިރު ރާއްޖޭގެ އަށް އަތޮޅަކަށް ވަނީ މި ޚިދުމަތް ދީފައެވެ. އެފަހުން މި ސަރުކާރު އައުމަށްފަހު އިތުރު ހަތަރު އަތޮޅެއްގައި ވަނީ އެ ޚިދުމަތް ފަށައިފައެވެ.

މި ޚިދުމަތް ދެނީ ތިން ފިޔަވައްސެއް ހިމެނޭ ގޮތަށް ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މި ޚިދުމަތުގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު، ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ޒޯނެއްގައި މި ޚިދުމަތް ފެށުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިފަހުން އާރުޓީއެލްގެ ލޯގޯއިން ރީނދޫ ކުލަ އުނިކުރުމުން މީހުން ވަނީ ފާޑުކިޔައިފައެވެ. އާރުޓީއެލް ފެރީގެ ޚިދުމަތް ބ. އަތޮޅުގައި ފަށާކަން އިއުލާނު ކުރުމަށް އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުން ފެންނަ ގޮތުން، ފެރީގައި ހުރި ލޯގޯގައި ރީނދޫކުލައިގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ އަޅިކުލައެވެ.

މިއީ ކިހިނެތް ގެނައި ބަދަލެއްކަމެއް އަދި ސާފެއް ނުވެއެވެ. އާރުޓީއެލްގެ ލޯގޯ ރަސްމީކޮށް ބަދަލުކުރިކަން މިހާތަނަށް އިއުލާނުކޮށްފައެއް ވެސް ނުވެއެވެ. އެ ކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެމްޓީސީސީގެ ފަރާތުން ޖަވާބެއް ވެސް ނުދިނެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily