DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

އިތާފުށީގެ މުވައްޒަފުންގެ ސަރވިސް ޗާޖު 4،000 ޑޮލަރަށްވުރެ މަތީގައި!

ޝަޒްނާ ޢަލީ by ޝަޒްނާ ޢަލީ
ޖެނުއަރީ 25, 2026
0
އިތާފުށީގެ މުވައްޒަފުންގެ ސަރވިސް ޗާޖު 4،000 ޑޮލަރަށްވުރެ މަތީގައި!
0
SHARES
477
VIEWS
Share on FacebookShare on Twitter

މިދިޔަ ޑިސެންބަރު މަހު ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ދިން ސަރވިސް ޗާޖުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސްއިން ކޮންމެ މުވައްޒަފަކަށް 4,000 ޑޮލަރަށްވުރެ ގިނައިން ދީފިއެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ’ރިސޯޓު ވޯކާސް މޯލްޑިވްސް‘ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އިތާފުށި ރިސޯޓުން ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި 4,117 ޑޮލަރު ނުވަތަ 63,484 ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ މަހު ރާއްޖޭގެ ރިސޯޓަކުން މުވައްޒަފުންނަށް ދިން އެންމެ ބޮޑު ސަރވިސް ޗާޖެވެ.

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް މަސައްކަތްތެރިންނަށް އެންމެ ބޮޑު ސަރވިސް ޗާޖެއް ބަހާ ރިސޯޓުތަކެވެ. އާންމުގޮތެއްގައި ކޮންމެ އަހަރެއްގެވެސް ޑިސެންބަރު އަދި ޖަނަވަރީ މަހަކީ ފަތުރުވެރިން ގިނަވުމުގެ ސަބަބުން އެންމެ ބޮޑު ސަރވިސް ޗާޖެއް ލިބޭ ދުވަސްވަރެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހަކީ ފަހަކަށް އައިސް އެންމެ ބޮޑު ސަރވިސް ޗާޖެއް މުވައްޒަފުންނަށް ލިބިގެންދިޔަ މަސްކަން ފާހަގަކުރެވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު 8 ރިސޯޓަކުން ވަނީ 1,000 ޑޮލަރަށްވުރެ ބޮޑު އަދަދެއް ސަރވިސް ޗާޖުގެ ގޮތުގައި ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ވަން އެންޑް އޮންލީ ރީތިރަށް – 1,977 ޑޮލަރު (30,485 ރުފިޔާ)
  • އަނަންތަރަ ކިހަވަށް – 1,895 ޑޮލަރު (29,220 ރުފިޔާ)
  • ވެލާ ޕްރައިވެޓް އައިލެންޑް – 1,875 ޑޮލަރު (28,912 ރުފިޔާ)
  • ރިއު އެޓޯލް އެންޑް ޕްރައިވެޓް މޯލްޑިވްސް – 1,239 ޑޮލަރު (19,105 ރުފިޔާ)
  • ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް – 1,158 ޑޮލަރު (17,856 ރުފިޔާ)
  • ޑަބްލިއު މޯލްޑިވްސް – 1,135 ޑޮލަރު (17,501 ރުފިޔާ)
  • ސެންޓާރާ ގްރޭންޑް ލެގޫން – 1,111 ޑޮލަރު (17,131 ރުފިޔާ)
  • އަވާނީ އެންޑް ފާރޭޝް – 1,070 ޑޮލަރު (16,530 ރުފިޔާ)

މީގެ އިތުރުން ސިނަމަން ދޮންވެލި، ސަންސިޔާމް އޮޅުވެލިފުށި އަދި ސެންޓާރާ މައިރޭޖް ލެގޫން ފަދަ މަޝްހޫރު ރިސޯޓުތަކުގައި 500 އާއި 1,000 ޑޮލަރާ ދެމެދުގެ އަދަދެއް ސަރވިސް ޗާޖުގެ ގޮތުގައި ބަހާފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 އިންސައްތައަށްވުރެ މަދުނޫން އަދަދަކުން ސަރވިސް ޗާޖު ނަގަންޖެހެއެވެ. އަދި މި ފައިސާ އެ ތަނެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ބަހަންޖެހެއެވެ. ސަރވިސް ޗާޖު ދިނުމުގައި ގިނަ ރިސޯޓުތަކުން އަދިވެސް އަމަލުކުރަމުންދަނީ ޑޮލަރުން ފައިސާ ދިނުމުގެ އުސޫލަށެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily