ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ރޭ އޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގު އައްޑަނަ އުފުލާލައިފިއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން މާޒިޔާގެ ކޯޗު ލުއިޒްމާ ހެނާންޑޭޒް ބުނީ، ފަސްވަނަ ފަހަރަށް ލީގު ޝީލްޑް ކާމިޔާބުކުރުމަކީ ކުލަބަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ ޓީމުގެ ކުޅުންތެރިންނާއި، މެނޭޖްމެންޓް އަދި ސަޕޯޓަރުން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރިއެވެ.
ހެނާންޑޭޒް ބުނީ، ލީގުގެ ދެވަނަ ބުރުން ފެށިގެން ހުރިހާ ކުލަބުތަކަކުންވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. ”ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުންވެސް ބޮޑު ކުރިއެރުންތަކެއް ހޯދައިފި. އެކަމަށްޓަކައި ހުރިހާ ކުލަބުތަކަށް މަރުހަބާ ކިޔަން،“ ކޯޗު ބުންޏެވެ.
ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާގެ ސްކޮޑަށް އިޝާރާތްކުރަމުން ކޯޗު ބުނީ، ލީގު ނިމިގެންދިޔައިރު ގައުމީ ޓީމުގެ ކުޅުންތެރިންގެ ފެންވަރުވެސް ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށެވެ. ގައުމީ ލެވެލްގެ ފުޓުބޯޅައަށް ލީގުގެ ސަބަބުން ލިބުނު މި ކުރިއެރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އޭނާ ބުންޏެވެ.
”ކުޅުންތެރިންގެ ފެންވަރު މަތިކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް. މަސައްކަތް ކުރާނީ އެއްދުވަހުން އަނެއް ދުވަހަށް ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް،“ ހެނާންޑޭޒް އިތުރަށް ބުންޏެވެ.
ލީގުގެ ކާމިޔާބީއަށްފަހު، ސީޒަނުގެ ދެން އޮތް ބްރޭކަށްފަހު ކުރިމަތިލާންޖެހޭ މެޗުތަކުގައިވެސް ހުރިހާ ކުޅުންތެރިންނަށް ކާމިޔާބީއަށް އެދޭކަމަށް ބުނެ ކޯޗު ވަނީ ވާހަކަ ނިންމާލާފައެވެ.





