ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީ އައްޑޫ ސިޓީ ފޭދޫ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.
މި މައްސަލާގައި ފުލުހުން ހޯދަމުންދަނީ އައްޑޫ ސިޓީ ފޭދޫ، ލިލަކް، ޙުސައިން ސަލީމް (40އ) އެވެ.
ފުލުހުން ބުނި ގޮތުގައި، ސަލީމް ހޯދުމަށް އިއުލާން ކުރީ އޭނާ ބަންދުގައި ބަހައްޓައިގެން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެންނެވެ.
ސަލީމް ކޯޓަށް ހާޒިރުކުރަނީ ސިވިލް ކޯޓުގައި ހިނގަމުންދާ ދައުވާއަކާ ގުޅިގެންނެވެ.
އެހެންކަމުން، ޙުސައިން ސަލީމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.





