DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

އަހުމަދު މުހައްމަދު by އަހުމަދު މުހައްމަދު
ފެބްރުއަރީ 8, 2026
0
ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި
0
SHARES
60
VIEWS
Share on FacebookShare on Twitter

މިއަދުގެ ޑިޖިޓަލް ޒަމާނުގައި ރަސްމީ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ އެންމެ މުހިންމު ވަސީލަތަކީ އީމެއިލް ކަމަށްވީ ނަމަވެސް، މިއީ ކުށްވެރިން ނަހަމަ ގޮތުގައި އެކައުންޓުތަކަށް އެކްސެސްވުމަށް ބޭނުންކުރާ ނުރައްކާތެރި ވަސީލަތެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ.

ވަކިން ހާއްސަކޮށް، ”ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް“ (ބީ.އީ.ސީ) އަކީ މުޅި ދުނިޔޭގައި ވެސް މާލީ ސްކޭމް ހިންގުމަށާއި ފައިސާ ވަގަށްނެގުމަށް މިހާރު އެންމެ ގިނައިން ބޭނުންކުރަމުންދާ އެއް އުކުޅުކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ސްކޭމްތައް ހިންގުމުގައި ކުށްވެރިން އީމެއިލް ފޮނުވަނީ އިތުބާރުކުރެވޭ މީހަކަށް ވެގެންނެވެ. އެގޮތުން ކުންފުނިތަކުގެ ސީ.އީ.އޯގެ ނަމުގައި ގިފްޓް ކާޑު ގަތުމަށް އެދުމާއި، ސަޕްލަޔަރުންގެ ނަމުގައި ބޭންކު އެކައުންޓު ބަދަލުވިކަމަށް ބުނެ އީމެއިލް ފޮނުވުން ހިމެނެއެވެ. މީގެ އިތުރުން ލޯޔަރުންގެ ނަމުގައި ގޯތީގެ އެޑްވާންސް ފައިސާ ވަކި އެކައުންޓަކަށް ޓްރާންސްފަރ ކުރުމަށް އެދި ފޮނުވާ މެސެޖުތަކަކީ ވެސް އަސްލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ފޭކް މެސެޖުތަކެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ކުށްވެރިންގެ މަޅީގައި ނުޖެހުމަށްޓަކައި ސޯޝަލް މީޑިއާގައި އަމިއްލަ މައުލޫމާތު ހާމަނުކުރުމަށާއި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިއްތުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އީމެއިލް އެޑްރެހުގައި ހުންނަ ކުދިކުދި ތަފާތުތަކަށް ސަމާލުވުމަށާއި، ހުރިހާ އެކައުންޓެއްގައި ’ޓޫ-ފެކްޓަރ އޮތެންޓިކޭޝަން‘ (2FA) ބޭނުންކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ފައިސާގެ މުއާމަލާތެއް ނުވަތަ އެކައުންޓް ނަންބަރު ބަދަލުކުރަން ބުނެފިނަމަ، އެ ފޮނުވި ފަރާތަކަށް ފޯނުން ގުޅައި އެކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ގުޅާއިރު އީމެއިލްގައިވާ ނަންބަރުގެ ބަދަލުގައި، ކުރިންވެސް މުއާމަލާތް ކުރަން ބޭނުންކުރި ނަންބަރަށް ގުޅުމަށް ފުލުހުން ވިދާޅުވެއެވެ. އަދި ކަމެއް ނިންމުމަށް މާ ބޮޑަށް ޕްރެޝަރުކުރާނަމަ އެއީ ސްކޭމަކަށް ވުމުގެ ފުރުސަތު ބޮޑުކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި ފައިސާ ހިފެހެއްޓޭތޯ މަސައްކަތް ކުރަންޖެހެއެވެ. އަދި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 އަށް ގުޅުއްވައި، އެކްސްޓޭންޝަން ނަންބަރު 2020 ޖައްސަވައި އެ މައްސަލަ ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

Tags: ޕޮލިސް

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
ނަމާދަށް ހުރި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށްފި

ނަމާދަށް ހުރި ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކޮށްފި

ސެޕްޓެމްބަރ 29, 2026
ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށް ބިރުދެއްކުން އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ފުލުހުންނާ މާރާމާރީ ހިންގި އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

ސެޕްޓެމްބަރ 28, 2026
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސެޕްޓެމްބަރ 24, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily