ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރުވި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29އ) ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖުގައި ބުނީ މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިއްޔެ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރު އެވެ.
މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާވަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މޫސާ އިބްރާހީމްގެ ކަރަށް ވަނީ ވަޅި ހަރާފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހީމްއަކީ ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.





