DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ކުކުޅު ބިރިޔާނީ: ގޭގައި ތައްޔާރުކޮށްލެވޭނެ މީރު އަދި ފުރިހަމަ ރެސެޕީއެއް

ޝަޒްނާ ޢަލީ by ޝަޒްނާ ޢަލީ
މާރޗް 20, 2026
0
ކުކުޅު ބިރިޔާނީ: ގޭގައި ތައްޔާރުކޮށްލެވޭނެ މީރު އަދި ފުރިހަމަ ރެސެޕީއެއް
0
SHARES
360
VIEWS
Share on FacebookShare on Twitter

ދިވެހިންގެ މެދުގައި މަގުބޫލު ކުކުޅު ބިރިޔާނީއަކީ އާންމުކޮށް ހަފްލާތަކާއި ޚާއްޞަ މުނާސަބަތުތަކުގައި ތައްޔާރުކުރާ ވަރަށް މީރު ކެއުމެކެވެ. ބިރިޔާނީ ހެދުމަކީ ކޮންމެވެސް ވަރަކަށް ބުރަ އަދި ވަގުތު ނަގާ މަސައްކަތެއް ނަމަވެސް، ރަނގަޅު ތަރުތީބަކުން މި މަސައްކަތް ކޮށްފިނަމަ ނަތީޖާ ވަރަށް ފުރިހަމަވާނެއެވެ. މި ރެސެޕީއަކީ 6 އާއި 8 މީހުންގެ އާއިލާއަކަށް ފުދޭވަރަށް ތައްޔާރުކުރެވިފައިވާ ރެސެޕީއެކެވެ.

ބޭނުންވާ ތަކެތި:
މި ކެއުން ތައްޔާރުކުރުމަށް 1 ކިލޯގެ ކަރީކަޓް ކުކުޅު، 2.5 ޖޯޑު ހަނޑޫ، އަދި ތަފާތު ހަވާދުގެ ބާވަތްތައް ބޭނުންވެއެވެ. އޭގެ ތެރޭގައި ދިރި، ކޮތަންބިރު، ދަވިއްގަނދު، ރީނދޫ، އަދި ތެޅިމިރުސް ހިމެނެއެވެ. މީގެ އިތުރުން ފެނުކެއްކި ބިސް، ފިޔާ، ފެހިއޮށް، ކާފޫރުތޮޅި، ރާނބާފަތް، އިނގުރު، ލޮނުމެދު، ކަނަމަދު، އަދި މޭބިސްކަދުރު ފަދަ ތަކެތި ބޭނުންވާނެއެވެ.

ތައްޔާރުކުރާނެ ގޮތް:

ހަވާދުގަނޑު ހެދުން:
އެންމެ ފުރަތަމަ ލޮނުމެދާއި އިނގުރު އަދި ހަވާދުގެ ބާވަތްތަކާއެކު މިކްސަރުން ގިނާލައިގެން ޕޭސްޓެއް ތައްޔާރުކުރާށެވެ. މި ޕޭސްޓް ކުކުޅުތަކުގައި ރަނގަޅަށް ހާކާލަންވާނެއެވެ.

ފިޔާ، ކަނަމަދު އަދި މޭބިސްކަދުރު:
ތުނިކޮށް ކޮށާފައިވާ ފިޔާގެ ދެބައިކުޅަ އެއްބައި ތެލުލާށެވެ. ފިޔާ ރަތްވާން ފެށުމުން ކަނަމަދާއި މޭބިސްކަދުރު އަޅައިގެން އެއްކޮށް ރަތްވަންދެން ކައްކާށެވެ.

ކުކުޅު ކެއްކުން:
ތެއްޔަކަށް ތެޔޮ އަޅައި ހޫނުވުމުން ބާކީ ހުރި ފިޔާ، ހިކަނދިފަތް، ރާނބާފަތް އަދި ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ތެލުލާށެވެ. ފިޔާ ރަތްވުމުން ހަވާދުލީ ކުކުޅާއި، ފެނާއި ގިތެޔޮމިރުސް އަޅައިގެން 20-30 މިނެޓު ވަންދެން މަޑުގިނީގައި ކައްކާށެވެ.

ބަތް ކެއްކުން:
ހަނޑޫ ދޮވުމަށްފަހު، ފެނާއި ރާނބާފަތް، ކާފޫރުތޮޅި، ތެޔޮ، ފޮނިތޮށި، ރީނދޫ އަދި ލޮނު އަޅައިގެން ކައްކާށެވެ. ބަތްގަނޑު ޗަސްވިޔަ ނުދިނުމަށްޓަކައި ފެން އެޅުމުގައި ސަމާލުވާންޖެހެއެވެ.

ބިރިޔާނީ ފަށަލަކުރުން:
ބޮޑު ތެއްޔެއްގައި ފުރަތަމަ ބަތް ފަށަލައެއް ފަތުރާލާށެވެ. އޭގެ މަތީގައި ކުކުޅު، ފެހިއޮށް، ކެއްކި ބިސް، އަދި ތެލުލި ފިޔާގެ ބައިތައް އަތުރާލާށެވެ. މިގޮތަށް ދެ ފަށަލަ ހެދުމަށްފަހު، މައްޗަށް ކުޑަ ފިނިފެންކޮޅެއް ބުރުވާލާށެވެ. އެއަށްފަހު ތެލީގެ މަތިޖަހައި ވަރަށް މަޑު ގިނީގައި 15-20 މިނެޓު ވަންދެން ބަހައްޓާލުމުން މީރު ބިރިޔާނީއެއް ތައްޔާރުކުރެވޭނެއެވެ.

އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި، ކަނަމަދުގެ ބަދަލުގައި ކެޝޫނަޓް ވެސް ބޭނުންކުރެވިދާނެއެވެ. މިއީ އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމަށް ތައްޔާރުކޮށްލެވިދާނެ ވަރަށް ފުރިހަމަ ކެއުމެކެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily