DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ބިން ދޫކޮށް ސަހުޔޫނީން ފިލަނީ، ގިނަ ބަޔަކު އަނބުރާ ނައުމަށް ނިންމައިފި

އިބްރާޙިމް ފަޚްމީ by އިބްރާޙިމް ފަޚްމީ
މާރޗް 29, 2026
0
ބިން ދޫކޮށް ސަހުޔޫނީން ފިލަނީ، ގިނަ ބަޔަކު އަނބުރާ ނައުމަށް ނިންމައިފި
0
SHARES
632
VIEWS
Share on FacebookShare on Twitter

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ސަހުޔޫނީންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ގިނަ އަދަދެއްގެ ބަޔަކު އެ ބިންތައް ދޫކޮށް ފިލަން ފަށައިފިއެވެ. މިހާރު އިޒުރޭލުގެ ވައިގެ ބަނދަރުތައް ވަނީ ބޭރަށް ފުރަންދާ ސަހުޔޫނީންނުން ތޮއްޖެހިފައެވެ.

ޚަބަރު ލިބޭގޮތުގައި އިޒުރޭލުން ބޭރަށް ފުރާ ހުރިހާ ފްލައިޓްތަކެއް މިހާރު ވަނީ ފުރިފައެވެ. ސަހުޔޫނީންތައް ފިލައިގެން ދަނީ ނިއުޔޯކް، ނިއު ޖާޒީ، މަޔާމީ، ލޮސް އެންޖަލިސް، ލަންޑަން އަދި ޕެރިސް ފަދަ ހުޅަނގުގެ ބޮޑެތި ސަހަރުތަކަށެވެ. ފިލައިގެންދާ މީހުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުންދަނީ ދެން ދުވަހަކުވެސް އެނބުރި އެ ބިންތަކަށް ނާންނާނެ ކަމަށެވެ.

އިޒުރޭލުގެ ކެންސެޓުން ހާމަކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 550,000 އަށް ވުރެ ގިނަ ސަހުޔޫނީން ވަނީ ފަލަސްޠީނުގެ ބިންތައް ދޫކޮށް ފިލައިގެން ގޮސްފައެވެ. މި މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ކޮންމެ މަހަކު އެތައް ހާސް ބަޔަކު ފުރައިގެންދާއިރު، އޭގެ ތެރޭގައި ގިނައީ ޕްރޮފެޝަނަލް ގިންތީގެ މީހުންނާއި ދުއި ރައްޔިތުކަން އޮންނަ މީހުންނެވެ.

ޠެލް އަވީވު ޔުނިވާސިޓީން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފިލައިގެންދާ މީހުންގެ ތެރޭގައި އެންމެ ގިނައީ މެޑިކަލް ޕްރޮފެޝަނަލުންނާއި ފަންނީ ދާއިރާތަކުގެ މަސައްކަތްތެރިންނެވެ. މިއީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމާއެކު، އެމީހުން ޤަޞްދުކުރަނީ ޔޫރަޕް ނުވަތަ އެމެރިކާގައި ދާއިމީ ދިރިއުޅުމެއް ބިނާކުރުމަށެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު ފިލައިގެން ދިޔަ މީހުންގެ ތެރެއިން އެނބުރި އައީ އެންމެ 19,000 މީހުންނެވެ. އަދި 70,000 އެއްހާ މީހުން އެނބުރި އައިސްފައެއް ނުވެއެވެ. މި އަހަރު މި ޢަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެނީ ސަލާމަތީ ކަންތައްތައް ގޯސްވެ، ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީއެވެ.

މީގެ އިތުރުން، ސަހުޔޫނީންގެ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ސަބަބުންނެވެ. އިޒުރޭލުގެ ބައިވެރިވުމެއް ނެތި، އަދި އެމެރިކާގެ ޔަހޫދީ މަންދޫބުންގެ ހާޒިރީއާ ނުލައި ކުރިއަށްދާ މި މަޝްވަރާތަކުގެ ސަބަބުން އިޒުރޭލު މުޅިން އެކަހެރިވެ، ބަލިކަށިވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

އިޒުރޭލަށް މިވަގުތު އޮތް ހަމައެކަނި އުންމީދަކީ ގަލްފުގެ ޢަރަބި ރަސްރަސްކަލުން އިޒުރޭލާއި އެމެރިކާއަށް އަޅުދާސްވެ، ބިރުން ތިބޭ ތިބުމެވެ. މި ޙާލަތު ދެމިއޮތުމަކީ އިޒުރޭލަށް މި ވަގުތު ލިބޭނެ ހަމައެކަނި ފައިދާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily